މިހާރު ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ޕެނަމާ އަދި އެމެރިކާ ވާދަކުރި މެޗު ޕެނަމާއިން ކާމިޔާބުކޮށްފިއެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕް އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖު ދެވަނަ މެޗުގައި އެމެރިކާ އިން ޕެނަމާ އާއި ވާދަކުރި މެޗު ޕެނަމާ އިން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދައްކާފައިވާއިރު، އެމެރިކާ އިން ރަތް ކާޑު ދައްކާފައިވަނީ ޓިމޮތީ ވިއާއަށެވެ. އަދި ޕެނަމާ އިން ރަތް ކާޑު ދައްކާފައިވަނީ އެޑަލްބާޓޯ ކަރަސްކުއިލާއަށެވެ.

ކޮޕާ އެމެރިކާ 2024- އެމެރިކާ އަދި ޕެނަމާ ވާދަކުރި މެޗުގެ ތެރެއިން

މާކެޑެޒް ބެންޒް ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މި މެޗުގެ ފަސް ވަނަ މިނެޓުގައި އެމެރިކާ އިން ގޯލެއް ޖެހި ނަމަވެސް އެ ގޯލު ބަލައިގަނެފައެއް ނުވެއެވެ. އަދި މެޗުގެ އަށާރަ ވަނަ މިނެޓުގައި އެމެރިކާގެ ޓިމޮތީ ވިއާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައިވާއިރު، މެޗުގެ މެޗުގެ ބާވީސް ވަނަ މިނެޓުގައި އެމެރިކާ އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. އެންޓޮނީ ރޮބިންސަން ތަަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެމެރިކާ އަށް ކާމިޔާބުކޮށްދީފައިވަނީ ފޮލަރިން ބޮލަގަންއެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޕެނަމާއިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މެޗުގެ ސައްބީސް ވަނަ މިނެޓުގައި މި ގޯލު ޕެނަމާ އަށް ކާމިޔާބުކޮށް ދީފައިވަނީ ސީޒާ ބްލެކްމަންއެވެ. މި އާއި އެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިއައީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ފޯރި ގަދަކޮށް ކުރިއަށް ދިޔަ މި މެޗުގައި ޕެނަމާއިން އިތުރު ގޯލެއް ކާމިޔާބުކޮށް އެމެރިކާގެ އަމިއްލަ ދަނޑުގައި އެ ޓީމުގެ މައްޗަށް ކުރި ހޯދާފައިވަނީ މެޗުގެ 83 ވަނަ މިނެޓުގައެވެ. އަބްޑިއެލް އަޔަރްޒާ ތަނަވަސް ކޮށްދިން ފުރުސަތަކުން މި ގޯލު ޕެނަމާ އަށް ކާމިޔާބުކޮށްދީފައިވަނީ ޖޯސޭ ފަޖާޑޯއެވެ. މި ހާފުގެ 88 ވަނަ މިނެޓުގައި ޕެނަމާގެ އަލްބާޓޯ ކަރަސްކުއިލާ އަށްވެސް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި އާއި އެކު މެޗުގެ ފުރިހަމަ ވަގުތު ހަމަ ވެގެން ދިއައީ 1-2 ގެ ނަތީޖާ އަކުން އެމެރިކާ ކުރި ހޯދައިގެންނެވެ.

ކޮޕާ އެމެރިކާ 2024- އެމެރިކާ އަދި ޕެނަމާ ވާދަކުރި މެޗުގެ ތެރެއިން

ކޮޕަ އެމެރިކާ ފުޓު ބޯޅަ މުބާރާތުގެ ގުރޫޕް ސީގެ އެއް ވަނައިގައި މިވަގުތު ގޮތީ ކުޅުނު ދެ މެޗުން ލިބުން ހަ ޕޮއިންޓާއި އެކު އުރުގުއޭއެވެ. އަދި ދެ މެޗު ކުޅެ ލިބުނު ތިން ޕޮއިންޓާއި އެކު އެމެރިކާ އަދި ޕެނަމާ ޕޮއިންޓްގެ ގޮތުން އެއްވަރު ވެފައިވާއިރު، ގޯލުގެ ތަފާތުން އެމެރިކާ އޮތީ ގުރޫޕުގެ ދެ ވަނައިގައެވެ، އަދި މި ގުރޫޕުގެ ތިން ވަނަ ޕެނަމާއަށް ލިބޭއިރު، ކުޅުނު ދެ މެޗުން އެއްވެސް ޕޮއިންޓެއް ނުލިބި ބޮލީވިއާ އޮތީ ގުރޫޕުގެ އެންމެ ފުލުގައެވެ.

މި ގުރޫޕުގެ ފަހު މެޗުގައި އަންނަ މަހުގެ 2 ވަނަ ދުވަހު އެމެރިކާ ނިކުންނާނީ އުރުގުއޭ އާއި ދެކޮޅަށެވެ. އަދި ހަމަ އެ ދުވަހު ޕެނަމާ ނިކުންނާނީ ބޮލީވިއާ އާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު