މިހާރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިންގްލެންޑާއި ދެކޮޅަށް ސްލޮވޭކިއާ އިން ނިކުންނަ މެޗުގައި، ޓީމެއްގެ ގޮތުގައި ކުޅެފިނަމަމެޗު ކާމިޔާބު ކުރެވޭނެ ކަމުގައި ސްލޮވޭކިއާގެ ކެޕްޓަން މިލަން ސްކިނިއާ ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓެޖުގެ ކުޅުން ނިމި ގަދަ ސޯޅަ ޓީމުގެ ބުރު މާދަމާ ރޭ ފަށާއިރު، މި ބުރުގައި ސްލޮވޭކިއާ ނިކުންނާނީ އިންގްލެންޑް އާއި ދެކޮޅަށެވެ. ސްލޮވޭކިއާ ގަދަ ސޯޅަ ޓީމުގެ ބުރުން ޖާގަ ހޯދާފައިވަނީ ގުރޫޕް އީގެ ތިން ވަނަ ހޯދައިގެންނެވެ.

ޔޫރޯ 2024- ސްލޮވޭކިއާ އަދި ބެލްޖިއަމް ވާދަކުރި މެޗުގެ ތެރެއިން, ސްލޮވޭކިއާ ގޯލު ކާމިޔާބުކުރުމަށް ފަހު

ސްލޮވޭކިއާގެ ކެޕްޓަން ސްކިނިއާ މީޑިއާ އާއި ވާހަކަ ދައްކަމުން ފާހަގަ ކުރި ގޮތުގައި އިންގްލެންޑް އަކީ ވަކި ވަކި މޮޅެތި ކުޅުންތެރިންގެ ޓީމެއް ކަމަށެވެ.އެހެން ނަމަވެސް ސްލޮވޭކިއާ އަކީ ޓީމެއްގެ ގޮތުގައި ކުޅޭ ޓީމެއް ކަމަށާއި، އެހެން ކަމުން މި ސްލޮވޭކިއާ އަށް މި މެޗު ކާމިޔާބު ކުރުމަށް ފަސޭހަ ވާނެއެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ ސޯޅަ ޓީމުގެ ބުރުގައި އިންގްލެންޑާއި ދެކޮޅަށް ކުޅޭ މެޗުގައި ވެސް އެ ޓީމުން ޓީމެއްގެ ގޮތުގައި އެއްކޮށް ކުޅެފި ނަމަ މި މެޗުން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބޭނެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީ ނިމިގެން ގޮސްފައިވަނީ ގުރޫޕް ގެ ހުރިހާ ޓީމަކަށް ހަތަރު ޕޮއިންޓް ލިބިގެންނެވެ. މި ގުރޫޕުގެ އެއްވަނަ ރޮމޭނިއާ އިން ހޯދާފައި ވާއިރު ބެލްޖިއަމް އަށް ލިބިފައިވަނީ ގުރޫޕުގެ ދެވަނައެވެ. އަދި ތިން ވަނަ ސްލޮވޭކިއާ އިން ހޯދާފައިވާއިރު، މި ގުރޫޕުގެ އެންމެ ފުލަށް ގޮސްގެން މުބާރާތުން ކަޓާފައިވަނީ ޔޫކްރެއިންއެވެ.

ޔޫރޯ 2024- ސްލޮވޭކިއާ ޓީމް

އިންގްލެންޑް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ ގުރޫޕް ސީގެ އެއްވަނަ ހޯދައިގެންނެވެ. ގުރޫޕް ސީގައި ކުޅުނު ތިން މެޗުން އިންގްލެންޑް އަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އަދި ތިން ޕޮއިންޓް ލިބިގެން ޑެންމާކު އަދި ސްލޮޥޭނިއާ އެއްވަރު ވެފައި ވާއިރު، މި ދެ ޓީމު ވެސް ވަނީ މުބާރާތުގެ ގަދަ ސޯޅަ ޓީމުގެ ބުރުން ޖާގަ ހޯދާފައެވެ. ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއި އެކު މި ގުރޫޕުގެ ހަތަރު ވަނަ ލިބިގެން ސާބިއާ ވަނީ މުބާރާތުން ކަޓާފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްލޮވޭކިއާ އަދި އިންގްލެންޑް ގަދަ ސޯޅަ ޓީމުގެ ބުރުގައި ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ. މި މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެގަޑިން 9:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބިލީ

    ވަރަށްވެސް އުފާވަނެ އިނގިރޭސިން ބަލިވެއްޖެނަމަ.

    2
    1
  2. Anonymous

    ބަލި ކުރެވޭނެ ، އަހަރެން ސަޕޯޓް ކުރާނަން ކަލޭމެނައް.

    2
    1