ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ޖަރުމަނުން 2-0 އިން ޑެންމާކް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް މިރޭ ދަތުރުކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދިހަ ވަރަކަށް މިނެޓަށް ވެފައިވަނިކޮށް މޫސުން ގޯސް ވުމުގެ ސަބަބުން ވަނީ މެޗުގެ ކުޅުން މެޗު ކަނޑާލުމަށްފަހު، ވިއްސަކަށް މިނެޓު ފަހުން އަލުން ވަނީ މެޗުގެ ކުޅުން ކުރިއަށް ގެންގޮސްފައެވެ. މި މެޗުގައި ޖަރުމަނުން ކާމިޔާބު ކުރި ދެ ގޯލުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ.

ޔޫރޯ 2024- ޖާމަނީ އަދި ޑެންމާކު ވާދަކުރި މެޗުގެ ތެރެއިން, ޑެންމާކުން ޖެހި ގޯލު, އޮފްސައިޑް ވުމުގެ ސަބަބުން މި ގޯލު ބަލައެއް ނުގަނެއެވެ.

ޖަރުމަނުގެ ޑޯޓްމަންޑް ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ގޯލެއް ކާމިޔާބު ކުރި ނަމަވެސް ފައުލް ވުމުގެ ސަބަބުން މި ގޯލު ބަލައިގަނެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު، ދެ ޓީމަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިގެން ގޮސްފައެވެ.

ޑެންމާކު ޓީމުން ކްރިސްޓިއަން އެރިކްސަން އަދި ރަސްމުސް ހޮއިލަންޑް އަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ. އަދި ޖަރުމަނު ޓީމުން ކައި ހަވާޓްޒް ބޮލުން ފޮނުވާލި ބޯޅަ ވެސް ވަނީ ޑެންމާކުގެ ކީޕަރު ކެސްޕަރ ޝޯމައިކަލް ވަނީ ދިފާއު ކޮށްފައެވެ.

ޔޫރޯ 2024- ޖާމަނީ އަދި ޑެންމާކު ވާދަކުރި މެޗުގެ ތެރެއިން, މެޗުގެ ފުރަތަމަ ހާފުގައި ކައި ހަވާޓްްޒް އަށް ލިބުނު ފުރުސަތު, ކައި ހަވާޓްޒް ބޮލުން ފޮނުވާލި ބޯޅަ ޑެންމާކު ކީޕަރު ޝޫމައިކަލް ވަނީ ދިފާއުކޮށްފ

މެޗުގެ ދެވަަނަ ހާފު ފަށައިގެން ޑެންމާކުން ގޯލެއް ކާމިޔާބު ކުރި ނަމަވެސް އެ ގޯލު އޮފްސައިޑް ވުމުގެ ސަބަބުން ބަލައިގަނެފައެއް ނުވެއެވެ. ފޯރިގަދަ މި މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް މެޗު ލީޑު ނަގާފައިވަނީ ޖަރުމަނުންނެވެ. ޑެންމާކުގެ ހާފުތެރެއިން ޑެންމާކު ކުޅުންތެރިއެއްގެ އަތުގައި ޖެހިގެން ޖަރުމަނަށް ލިބުނު ޕެނަލްޓީ އިން މި ގޯލު ޖާމަނީ އަށް ކާމިޔާބުކޮށްދީފައިވަނީ ކައި ހަވާޓްޒްއެވެ.

ފޯރިގަދަ މި މެޗުގެ 68 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. ނިކޯ ޝްލޮޓާބެކް ޖާމަނީގެ ފަހަތުން ފޮނުވާލި ބޯޅަ ހިފައިގެން ގޮސް ޑެންމާކުގެ ޕެނަލްޓީ އޭރިއާގެ ތެރެއަށްވަދެ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު ޖަރުމަަނަށް ކާމިޔާބުކޮށްދިނީ ޖަމާން މުސިއާލާއެވެ.

މެޗުގެ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައިވެސް ޖަރުމަނުން ގޯލެއް ކާމިޔާބު ކުރި ނަމަވެސް އޮފްސައިޑް ވުމުގެ ސަބަބުން އެ ގޯލު ބަލައިގަނެފައެއް ނުވެއެވެ. މި މެޗުގެ ކުޅުން ނިމިގެން ދިއައީ 0-2 ގެ ނަތީޖާ އަކުން ޖާމަނީ ކުރި ހޯދައިގެންނެވެ.