ސަތާރަ އަހަރަށްފަހު އިންޑިއާ އިން ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލް ގައި ދެކުނު އެފްރިކާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އިންޑިއާއިން އެންމެ ފަހުން އައިސީސީ ކްރިކެޓް ވޯލްޑް ކަޕެއްގެ ތަށި ހޯދާފައިވަނީ 2011 ވަނަ އަހަރުއެވެ. 2014 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެ އިންޑިއާ ބަލިވެފައިވާއިރު، އެ ޓީމުން އެންމެ ފުރަތަމަ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ 2007 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީވެސް އިންޑިއާގައެވެ.

ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން

ފައިނަލް މެޗުގައި ޓޮސް ދިމާވުމުން އިންޑިއާ އިން ނިންމީ ކުޅެން އަރާށެވެ. އިންޑިއާ އިން ވަނީ، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން، 176 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ކުޅެން އަރައި، ދެކުނު އެފްރިކާ އަށް 20 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ، 169 ލަނޑެވެ.

މި މެޗުގައި އިންޑިއާގެ ވިރާތް ކޯލީ ވަނީ 59 ބޯޅައިން 76 ލަނޑު ހަދައިފައެވެ. އަދި އިންޑިއާ ޓީމުން އާޒާރު ޕަޓޭލް ވަނީ 31 ބޯޅައިން 47 ލަނޑު ހަދައިފަ އެެވެ. އަދި ޝިވަމް ޑޫބޭ ވަނީ 16 ބޯޅައިން 27 ލަނޑު ހަދައިފަ އެވެ.މި އިނިންސްގައި، ދެކުނު އެފްރިކާގެ، ކޭޝަވް މަހަރާޖް އާއި އަންރިޗް ނޯޓްޖޭ ވަނީ ކޮންމެ ކުޅުންތެރިއަކު، ދެ ވިކެޓް ނަގައިފަ އެވެ.

ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން

ދެކުނު އެފްރިކާ އިން ކުޅެން އެރި އިނިންގްސްގައި، އެ ޓީމުގެ، ހައިންރިޗް ކްލާސެން ވަނީ 27 ބޯޅައިން 52 ލަނޑު ހަދައިފަ އެވެ. ކުއިންޓަން ޑި ކޮކް، 31 ބޯޅައިން 39 ލަނޑު ހެދިއިރު، ޓްރިސްޓަން ސްޓަބްސް ވަނީ 21 ބޯޅައިން 31 ލަނޑު ހަދައިފައެވެ. ދެކުނު އެފްރިކާ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ޖަސްޕްރީތް ބުމްރާއެވެ. ބުމްރާ ވަނީ 16 އޯވަރުގައި ކުޅެން އަރާ ދެ ވިކެޓު ނަގާފައެވެ.

ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދާފައިވާއިރު، އެ ޓީމުން މުބާރާތް މި ނިންމާލީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. ދެކުނު އެފްރިކާވެސް ފައިނަލަށް ދަތުރު ކޮށްފައިވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. އެ ޓީމުން މި މުބާރާތުގައި ފުރަތަމަ ބަލި ވެފައި މި ވަނީ ފައިނަލްގައި އިންޑިއާ އަތުންނެވެ.

.

ކިޔުންތެރިންގެ ހިޔާލު