ޔޫރޯ ފުޓް ބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި މިރޭ އިންގްލެންޑް އަދި ސްލޮވާކިއާ ވާދަކުރާއިރު، އިންގްލެންޑް ރައުންޑް އޮފް 16 އަށް ދަތުރު ކޮށްފައިވަނީ ގުރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. އަދި ސްލޮވާކިއާ މި ރައުންޑް އަށް ކޮލިފައިވެފައި ވަނީ ގުރޫޕުގެ ތިން ވަނަ ހޯދައިގެންނެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް ހިމެނުނީ ގުރޫޕް ސީ ގައެވެ. މި ގުރޫޕުގެ އެއް ވަނަ އިންގްލެންޑް އިން ހޯދާފައިވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް ދެ މެޗުން އެއް ވަރު ކޮށްގެން ލިބުނު ފަސް ޕޮއިންޓާއި އެކުއެވެ.

ޔޫރޯ 2024- ގުރޫޕް ސްޓޭޖުގައި އިންގްލެންޑް އަދި ސާބިއާ ވާދަކުރި މެޗުގެ ތެރެއިން, އިންގްލެންޑްގެ ޖޫޑް ބެލިންގްހަމް ބޯޅަ އާއިއެކު

ޔޫރޯ ފުޓް ބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 އިން ސްލޮވާކިއާ ޖާގަ ހޯދާފައިވަނީ ގުރޫޕުގެ ތިން ވަނަ ހޯދައިގެންނެވެ. ސްލޮވާކިއާ މި ފަހަރުގެ މުބާރާތުގައި ހިމެނުނީ ގުރޫޕް އީ ގައެވެ. މި ގުރޫޕުގައި ސްލޮވާކިއާ އަށް ތިން ވަނަ ލިބުނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވެ އަދި އެއް މެޗުން ބަލިވެގެން ލިބުނު ހަތަރު ޕޮއިންޓާއި އެކުއެވެ.

މިރޭގެ މެޗަށް ދެ ޓީމުގެ ފަރާތުން ނިކުންނާނެ ކަމަށް ބެލެވޭ ފުރަތަމަ 11

އިންގުލެންޑް: ޕިކްފޯޑް؛ ވޯކަރ، ސްޓޯންސް، ގުއެހީ، ޓްރިޕިއާ؛ މައިނޫ، ރައިސް؛ ސަކާ، ބެލިންހަމް، ފޯޑެން؛ ކޭން

ސްލޮވާކިއާ: ދުބްރަވްކާ؛ ޕެކާރިކް، ވަވްރޯ، ސްކްރިނިއާ، ހަންކޯ؛ ކުކާ، ލޮބޮޓްކާ، ޑޫޑާ؛ ޝްރަންޒް، ބޮޒެނިކް، ހަރަސްލިން

މިހާރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި މިރޭ އިންގްލެންޑް އަދި ސްލޮވާކިއާ ވާދަކުރާއިރު، މި ދެ ޓީމު މީގެ ކުރިން ހަ ފަހަރެއްގެ މަތިން ވާދަކޮށްފައިވާއިރު، އިންގްލެންޑް ވަނީ ފަސް ފަހަރު މަތިން ސްލޮވާކިއާގެ މައްޗަށް ކުރި ހޯދާފައެވެ. ސްލޮވާކިއާ އަށް އަދި އިންގްލެންޑް ގެ މައްޗަށް ކުރި ހޯދިފައި ނުވާއިރު، މި ދެ ޓީމު ވާދަކުރި ހަ ފަހަރުގެ މަތިން އެއް ފަހަރު ނިމިގެން ގޮސްފައިވަނީ ދެ ޓީމު އެއް ވަރު ވެގެންނެވެ.

ޔޫރޯ ފުޓް ބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި އިންގްލެންޑް އަދި ސްލޮވާކިއާ ވާދަކުރާ މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ ޖަރުމަނުގެ އޮފްޝަލްކޭ އެރީނާގައެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ.