އާބާތުރަ ފިލުވާ މަރާމާތު ކުރުމަށް ފަހު މާލޭ ޓީޓީ ހޯލު މިއަދު ހުޅުވައިލައިފިއެވެ.

ހޯލު ހުޅުއްވާ ދެއްވީ އެ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ.

މި ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރގެ އިތުރުން ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޓީޓީ އެސޯސިއޭޝަނުގެ އިސްވެރިންނާއި ޓީޓީ ކުޅުންތެރިންގެ އިތުރުން ބައެއް ބެލެނިވެރިން ވަނީ ބަައިވެރިވެފައެވެ.

ހޯލުގެ ފްލޯރިންގެ މައްސަލަތަކާއި ފިނިވުމުގެ މައްސަލަ އާއި ކަރަންޓު ދާ މަައްްސަލަ އާއި ކުރިން ހުރި ޖާގައިގެ ދަތިކަމުގެ މައްސަލަތައް މިހާރު ވަނީ ހައްލުކޮށްފައެވެ. މިހާރު މި ހޯލުގައި 12 ޓޭބަލް ބެހެއްޓޭނެއެވެ.

ޓީޓީ ހޯލު އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ޓީޓީ ކުޅުންތެރިން -- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހު

ޓީޓީ އަކީ މިހާރު ރާއްޖެއަށް ވަރަށް ބޮޑެތި ކާމިޔާބީ ތަކެއް ހޯދަމުން އަންނަ ކުޅިވަރެކެވެ. އެގޮތުން މި ފަހުން ރާއްޖޭގެ އެތުލީޓެއް ވަނީ ފުރަތަމަ ފަހަރަށް އޮލިމްޕިކްސް އަށް ކޮލިފައިވެފައެވެ.

ރާއްޖޭގެ ފާތިމަތު ދީމާ އަލީ އޮލިމްޕިކްސް އަށް ކޮލިފަައިވެފައިވާ އިރު ސަރަހައްދީ (އޭޝިއާ) ފެންވަރުގަައި ވެސް ރާއްޖޭގެ އެތުލީޓުން އަންނަނީ އެ ކުޅިވަރުގައި އެތައް ކާމިޔާބީ ތަކެއް ހޯދަމުންނެވެ.

އެހެންކަމުން އަދުގެ ސަރުކާރުން ދަނީ މި ކުޅިވަރު އިތުރަށް ކުރި އެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު