މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ސްޕެއިން އަދި ޖޯޖިއާ ވާދަކުރާއިރު، ސްޕެއިން އިން ރައުންޑް އޮފް 16 އަށް ދަތުރު ކޮށްފައިވަނީ މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. އަދި ޖޯޖިއާ ރައުންޑް އޮފް 16 އަށް ދަތުރުކޮށްފައި ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރު އަދި އެއް މެޗުން ބަލިވެގެން ގުރޫޕުގެ ތިން ވަނަ ހޯދައިގެންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ހިމެނިގެން ދިޔައީ ގުރޫޕް ބީގައެވެ. މި ގުރޫޕުގައި ސްޕެއިން އާއި އެކު ދެން ހިމެނިފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީގެ އިތުރުން ކްރޮއޭޝިއާ އާއި އަލްބޭނިއާއެވެ. ސްޕެއިން ވަނީ ގުރޫޕް ސްޓޭޖުގައި މި ތިން ޓީމާއި ވާދަކޮށް ތިން މެޗު ވެސް ކާމިޔާބުކޮށްފައެވެ. ސްޕެއިން ރައުންޑް އިފް 16 އަށް ދަތުރު ކޮށްފައިވަނީ ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ހޯދައިގެންނެވެ.

ޔޫރޯ 2024- ސްޕެއިން އަދި އިޓަލީ ވާދަކުރި މެޗުގެ ތެރެއިން, ސްޕެއިންގެ ކެޕްޓަން އަލްވަރޯ މޮރާޓާ

ޖޯޖިއާގެ ހަޔާތުގައި އެ ޓީމުން ޔޫރޯ ފުޓް ބޯޅަ މުބާރާތަށް ކޮލިފައިވެފައިވަނީ މި ފަހަރުގެ ޔޫރޯ ފުޓް ބޯޅަ މުބާރާތަށެވެ. މި މުބާރާތުގެ ގުރޫޕް އެފްގައި ހިމެނުނު ޖޯޖިއާ ވަނީ ގުރޫޕުގެ ތިން ވަނަ ހޯދާފައެވެ. މި ގުރޫޕުގައި ޖޯޖިއާގެ އިތުރުން ދެން ޕޯޗުގަލް އާއި ތުރުކީގެ އިތުރުން ޗެކްރިޕަބްލިކްއެވެ. މި ގުރޫޕުން ޖޯޖިއާ އަށް ތިން ވަނަ ލިބިގެން ދިޔައީ ގުރޫޕުގެ އެއްވަނައިގައި އޮތް ޕޯޗުގަލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ގުރޫޕް ސްޓޭޖުގައި ޖޯޖިއާ ކުނު ތިން މެޗުގެ ތެރެއިން އެ ޓީމަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ނިކުންނާނެ ކަމަށް ގަބޫލު ކުރެވޭ ފުރަތަމަ 11

ސްޕެއިން: ސިމޯނެ؛ ކާވަހާލް، ލެ ނޯމަންޑް، ލަޕޯޓް، ކުކުރެލާ؛ ޕެޑްރީ، ރޮޑްރީ، ރޫއިޒް؛ ޔަމަލް، މޮރާޓާ، ވިލިއަމްސ

ޖޯޖިއާ: މަމަރްދަޝްވިލި، ޓްސިޓައިޝްވިލީ، ދުވާލީ، ކާޝިއާ، ކްވެރްކްވެލިއާ، ކަކަބަޑްޒޭ؛ ކޮޗޯރަޝްވިލީ، ކިޓޭޝްވިލީ، ޗަކްވެޓަޑްޒޭ، ކުވަރަޓްސްޚެލިއާ، މިކައުޓަޑްޒޭ

ޔޫރޯ ފުޓްބޯޅަ މުބާރާތަށް މި ދެ ޓީމު ނިކުންނައިރު، ސްޕެއިން އަކީ ތިން ފަހަރު ޔޫރޯ ފުޓް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެކެވެ. ޖޯޖިއާ އެ ޓީމުގެ ހަޔާތުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި މީ ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް އެ ޓީމުން މިވަނީ ގުރޫޕް ސްޓޭޖު ފަހަނައަޅާ ކުރިއަށްގޮސް މުބާރާތުގެ ގަދަ ސޯޅަ ޓީމުގެ ބުރުން ޖާގަ ހޯދާފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ރައުންޑް އޮފް 16 ގައި ސްޕެއިން އަދި ޖޯޖިއާ ވާދަކުރާ މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ ޖަރުމަނުގެ ކޮލޯނެ ސްޓޭޑިއަމް ގައެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12:00ގައެވެ.