ޔުރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ރޭ ސްވިޒަލޭންޑް އާއި ވާދަކުރި މެޗުން ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގާ ކަމުގައި އިޓަލީގެ ކޯޗު ލޫސިއާނާ ސްޕަލެޓީ ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ރޭ ސްވިޒަލޭންޑް އާއި ވާދަކުރި މެޗު ނިމިގެން ދިޔައީ 0-2ގެ ނަތީޖާ އަކުން ސްވިޒަލޭންޑް މެޗު ކާިޔާބުކޮށްގެންނެވެ. މި މެޗަށްފަހު ވާހަކަ ދައްކަމުން އިޓަލީގެ ކޯޗު ސްޕަލެޓީ ބުނެފައިވަނީ މުބާރާތުގެ މިހާ ކުރީކޮޅު މުބާރާތުން ކަޓައިގެން ދިއުމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާކަމަށެވެ.

ޔޫރޯ 2024- ރައުންޑް އޮފް 16 ގައި ސްވިޒަލޭންޑް އަތުން ބަލިވި މެޗަށްފަހު އިޓަލީގެ ކޯޗު އަދި ކުޅުންތެރިން ދަނޑުން ފައިވަނީ

ޖަރުމަނުގެ އޮލިމްޕިއާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިޓަލީގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމުކެވެ. އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ މިފަހަރުގެ މުބާރާތުގެ މިހާ ކުރީ ކޮޅު މުބާރާތުން ކަޓައިގެން ގޮސްފައިވާއިރު، އެ ޓީމަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ރޭގެ މެޗުގައި އިޓަލީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ރޭ ގެ މެޗުގެ ފުރަތަމަ ހާފުގައި އިޓަލީ އަށް ސްވިޒަލޭންޑްގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި އިޓަލީގެ ފަރާތުން ބަދަލު ތަކެއް ފެނިގެން ގޮސްފައިވީ ނަމަވެސް އެ ޓީމަށް އެންމެ ރަނގަޅަށް ރޭގެ މެޗުގައި ކުޅެވިފައެއް ނުވިއެވެ. ދެ ވަނަ ހާފުގައި ބަދަލުތަކެއްކޮށް އިޓަލީ އިން ކުޅުން ރަނގަޅު ކުރަން މަސައްކަތް ކުރި ނަމަވެސް ސްވިޒަލޭންޑްގެ ރޭވުންތެރިކަމާއި އެ ޓީމުން ކުޅެމުންދިޔަ މޮޅު ގޭމުގެ ސަބަބުން އިޓަލީ އަށް ވަނީ މެޗުގެ ދެވަނަ ހާފުގައި ވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.

ޔޫރޯ 2024- ރައުންޑް އޮފް 16 ގައި އިޓަލީ އަދި ސްވިޒަލޭންޑް ވާދަކުރި މެޗަށް ފަހު

މި މެޗުގެ ދެވަނަ ހާފު ފަށައިގެން އިޓަލީ ޓީމަށް ހަމަ ޖެހި ނުލެވެނީސް އެ ޓީމުގެ ކޮޅަށް ސްވިޒަލޭންޑް އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ، ސްވިޒަލޭންޑްގެ ފަރާތުން ފެނުނު މޮޅު ކުޅުމާއި އެކު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާވެސް އުފައްވާފައިވަނީ ސްވިޒަލޭންޑުންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ ސޯޅަ ޓީމުގެ ބުރުގެ ފުރަަތަމަ މެޗުގައި ސްވިޒަލޭންޑް އިން އިޓަލީގެ މައްޗަށް ކުރި ހޯދާ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ މިވަނީ މުބާރާތުން ކަޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮލިޓާލިއޯ

    ސްޕަގެޓީ އަށް ނޭނގުނީ ޓީމްރާވަން

  2. އޮލިޓާލިއޯ

    ސްޕަގެޓީ އަށް ނޭނގުނީ ޓީމްރާވަން ކަލެއަށް ހަމަ އިނގެނީ ސުޕަގެޓީ ހަދަން