ޔޫރޯ ފުޓް ބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ޖާމަނީ އަދި ޑެންމާކު ވާދަކުރި މެޗުގެ ވީއޭއާރު ނިންމުންތަކަށް ޑެންމާކުގެ ކޯޗު ކެސްޕާ ހުލްމަންޑްގެ ހިތްހަމަ ނުޖެހުން ފާޅު ކޮށްފިއެވެ.

ޔޫރޯ ފުޓް ބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ޖާމަނީ އަދި ޑެންމާކު ވާދަ ކުރި މެޗަށްފަހު ވާހަކަ ދައްކަމުން ހުލްމަންޑް ބުނެފައިވަނީ ރޭގެ މެޗުން ޑެންމާކު ބަލިވެގެން ދިއައީ ވީއޭއާރު ގެ ސަބަބުން ކަމަށެވެ. ޑެންމާކުގެ ކޯޗު ހުލްމަންޑް އިތުރަށް ވާހަކަ ދައްކަމުން ބުނި ގޮތުގައި ހޭންޑް ބޯލް ބަލާ ގޮތްވެސް އޭނާ އަށް ކަމު ނުދާ ކަމަށެވެ.

ޑެންމާކު ކޯޗު ކެސްޕާ ހުލްމަންޑް އަދި ކްރިސްޓިއަން އެރިކްސަން

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ޖާމަނި އަދި ޑެންމާކު ވާދަކުރި މެޗުގެ 48 ވަނަ މިނެޓުގައި ޑެންމާކުން ގޯލެއް ކާމިޔާބު ކުރި ނަމަވެސް އޮފްސައިޑް ވުމުގެ ސަބަބުން އެ ގޯލު ވަނީ ބަލައިނުގަނެފައެވެ. ޑެންމާކުގެ ޖޯޗިން އެންޑާސަން ބޯޅަ ގޯލު ފޮނުވާލުމުގެ ކުރިން އެ ޓީމުގެ ތޯމަސް ޑިލޭނީ އެންޑާސަން އަށް ބޯޅަ ޕާސް ކުރި އިރު ވަނީ އޮފްސައިޑް ވެފައެވެ. ޑިލެއިނީ އޮފްސައިޑް ވެފައި ވަނީ އޭނާގެ ބޯޓު ކޮޅުން ސެންޓިމީޓާއެއްހާ ތަންކޮޅެކެވެ.

ޑެންމާކުގެ ގޯލު އޮފްސައިޑް ވުމުގެ ސަބަބުން ބަލައިނުގަނެ، ދެންމ ޖާމަނި ޓީމުން ޑެންމާކުގެ ގޯލު ކުރި މައްޗަށް ހުރަސްކޮށްދޭން އުން ބޯޅަ ޖޯޗިން އެންޑާސަން އަތުގަ ޖެހުމުގެ ސަބަބުން ޖާމަނީ އަށް ވަނީ ޕެނަލް ޓީއެއް ދީފައެވެ. މި ނިންމުންވެސް ނިންމާފައިވަނީ ވީއޭއާރު ބެލުމަށް ފަހުގައެވެ. މިކަމަށްވެސް ޑެންމާކު ކޯޗު ވަނީ ފާޑު ކިޔާފައެވެ. ޑެންމާކުގެ ކޯޗު ހުލްމަންޑް ބުނެފައިވާގޮތުން އޭނާއަށް މިހާރު ހޭންޑް ބޯލް ބަލާ ގޮތް ކަމަކު ނުދާކަމަށް ބުނެފައިވެއެވެ. އޭނާގެ ކުޅުންތެރިން ގައިގައި އަތް ޖައްސާ ފިއްތައިގެން ނުކުޅުވޭނެ ކަމަށްވެސް ހުލްމަންޑް ވަނީ ބުނެފައެވެ.

ޔޫރޯ ފުޓް ބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ޖާމަނީ އަދި ޑެންމާކު ވާދަކުރި މެޗު ނިމިގެން ގޮސްފައިވަނީ 0-2 ގެ ނަތީޖާއަކުން ޖާމަނީ ކުރި ހޯދައިގެންނެވެ. މި ނަތީޖާ އާއި އެކު ޖާމަނީ އިން މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދާފައިވާއިރު، ޑެންމާކު ވަނީ މުބާރާތުން ކަޓާފައެވެ. ޥ