މޯލްޑިވްސް ސްޕޯޓްސް މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ނިންމާފައިވާކަން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިންތިޒާމްކުރާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ފަސްކޮށްފައިވާކަން ކުރިން އިއުލާން ކޮށްފައިވާއިރު، މިއަދު ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން މިއަދު އިއުލާން ކޮށްފައިވަނީ މިއަހަރުގެ ސްޕޯޓްސް އެވޯޑު އަހަރު ފަހު ކޮޅުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި އެވޯޑު އެންމެ ފުރަތަމަ ބާއްވަން ނިންމާފައިވަނީ މިމަހު 27 ގައެވެ. ނަމަވެސް އަޟްހާ އީދާއި ދިމާކޮށް މި ހަފްލާ އެހާ ފުރިހަމަކޮށް ނުބޭއްވިދާނެތީ މި އެވޯޑު އަންނަ ޖުލައި 4 އަށް ފަސްކުރުމަށްފަހު އަނެއްކާ ސްޕޯޓްސް އެވޯޑު މިވަނީ މިއަހަރުގެ ފަހުކޮޅު ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ފަސްކުރިކަން އިއުލާން ކޮށްފައިވާއިރު، މިނިސްޓްރީ އިން ހާމަ ކުރައްވާފައިވާ ގޮތުގައި އެވޯޑް ހަފްލާ ލަސްކުރަން ނިންމަވާފައިމިވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސުލް ޖުމްހޫރީއްޔާ ޑރ. މުހައްމަދު މުއިޒު އަޅުއްވަން ނިންމެވި ހާއްސަ ފިޔަވަޅުތަކާއި، އެވޯޑް އާއި ގުޅުންހުރި ފަރާތް ތަކަށް ހިއްސާ ކުރެއް ވުމަށް ފަހުގައި ކަމުގައި މިނިސްޓްރީ ގެ އިއުލާނުގައިވެއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ. މިއަހަރުވެސް 18 ކުޅިވަރު އެސޯސިއޭޝަނެއްގެ މޮޅު ކުޅުންތެރިން ހޮވައި އަހަރުގެ އެންމެ މޮޅު އެތުލީޓުވެސް ހޮވާނެ އެވެ. މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގެ ފަރާތްތަކަށް އެވޯޑު ދިނުމުގެ އިތުރުން، ކުޅިވަރަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން އެޕްރިސިއޭޝަން އެވޯޑުތަކެއްވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ފަހަރުގެ އެވޯޑަށް ނަން ހުށައެޅޭނީ:

  • ސްޕޯޓްސް މަން / ސްޕޯޓްސް ވުމަން އޮފް ދަ އިޔާ އެވޯޑު
  • ޕެރާ ސްޕޯޓްސްމަން / ޕެރާ ސްޕޯޓްސްވުމަން އޮފް ދަ އިޔަރ އެވޯޑް
  • ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑް
  • މީޑިއާ އޮފް ދަ އިޔަރ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިންގ)
  • ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް
  • ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
  • ކޯޗް އޮފް ދަ އިޔަރ އެވޯޑް ( އަންހެން / ފިރިހެން)
  • ޔަންގް ސްޕޯޓްސްމަން / ޔަންގް ސްޕޯޓްސްވުމަން އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
  • ސްޕޯޓްސް ވިޒުއަލް އާޓިސްޓް އޮފް ދަ އިޔަރ އެވެ.

މި އެވޯޑަށް އެކި ކުޅިވަރު ތަކުން ނޮމިނޭޓު ވެފައިވާ އެތްލީޓުން ވަނީ މިހާރު އިއުލާން ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަލް ދޯ ބަޖޭ

    ދެން ތި އެވޯރޑް ބޭއްވީމަ ނޫނީ ޤަބޫލެއް ނުކުރެވޭނެ އެވެ.

  2. މަވޯޓާ

    މިފަދަ އެވޯޑްތައްވެސް ބޭއްވުމުގައި އާދައިގެ މިންގަނޑެއް ގެންގުޅެން ޖެހޭ. ކީތޯއްވާނީ ދަރުބާރުގޭ ފަދަ ތަނެއްގައި ބޭއްވުން. އޭގެ ބަދަލު މިދިޔަ ސަރުކާރުން އެންމެ ރެޔަކަށްޓަކައި 44 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވޭ.

    ރައްޔިތުންގެ ފައިސާސާއާއި ކުޅުމުގައި ހައްދާއި ޚުދޫދެއް ގެންގުޅެންވެސް ޖެހޭ.