ޔޫރޯ 2024 ގެ ގަދަ 16 ވަނަ ބުރުގަައި ޖޯޖިއާ އަދި ސްޕެއިން ބައްދަލު ކުރި މެޗު ސްޕެއިން އިން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފަައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗު ސްޕެއިން ކާމިޔާބު ކުރީ 4-1 އިންނެވެ.

މި މެޗު ފަށައިގެން ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ސްޕެއިން ޓީމުންނެވެ. ގިނަ ވަގުތު ޖޯޖިއާގެ އޭރިޔާ ކަައިރީ ބޯޅަ ކުޅެމުން ސްޕެއިން ވަނީ ނުރައްކާތެރި ވަރަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ސްޕެއިން އިން މެޗުގައި މޮޅަށް ކުޅެމުން އައި ނަމަވެސް މެޗުގައި ފުރަތަމަ ގޯލެއް ކާމިޔާބު ކުރީ ޖޯޖިއާ އިންނެވެ. މި ގޯލަކީ ޖޯޖިއާ އަށް ލިބުނު ފުރަތަމަ އެޓޭކުން ސްޕެއިންގެ ނޯމަންޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ބައިކޮޅަށް ލަނޑު ވަން ނަމަވެސް ސްޕެއިން އިން ވަނީ ފުލުފުލުގައި ޖޯޖިއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ޖޯޖިއާގެ ހުރިހާ ކުޅުންތެރިން ފަހަތަށް ފަައިބައިގެން ކުޅެމުން އައުމުން މެޗުގައި ސްޕެއިންނަށް ލަނޑެއް ކާމިޔާބު ކުރަން އުނދަގޫ ވެގެން ދިޔަ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

ޖޯޖިއާގެ 11 ކުޅުންތެރިންވެސް ފަހަތަށް ފައިބައިގެން ކުޅެމުން އައި އިރު ޖޯޖިއާ އިން ވެސް ވަނީ ހަމަލާތަކެއް އުފައްދާފައެވެ. އެ ޓީމުން ހަމަލާ އުފައްދާފައި ވަނީ ލިބޭ ކައުންޓާ އެޓޭކު ތަކުގައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ސްޕެއިން ވަނީ މެޗުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކުރީ މި މެޗުގައި ސްޕެއިންގެ ޓީމަށް އެންމެ މޮޅު ކުޅުމެއް ދެއްކި ރޮޑްރީއެވެ.

މިއާއި އެކު ހާފު ނިމިގެން ދިޔަައީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ޔޫރޯގައި ސްޕެއިން އަދި ޖޯޖިއާ ބައްދަލު ކުރި މެޗު

ދެވަނަ ހާފު ފަށަައިގެން މެޗުގެ 51 ވަނަ މިނެޓުގައި ސްޕެއިން އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފަހަތުން އަރާ މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކުރީ ލަމީން ޔަމާލް ނަގަައިދިން ހުރަހަކުން ފަބިއަން ރުއިޒެވެ.

މީގެ އިތުރުން ނިކޯ ވިލިއަމްސް އަދި ޑެނީ އޮލްމޯ ވަނީ ކޮންމެ ކުޅުންތެރިއަކު ވަނީ މި މެޗުގައި ލަނޑު ކާމިޔާބުކޮށްފައެވެ.

މި އާއި އެކު ޖޯޖިއާ މުބާރާތާއި އަލްވަދާއު ކީ އިރު ކުއާޓާ ފަައިނަލުގައި ސްޕެއިން ވާދަ ކުރަން ޖެހޭނީ ޖަރުމަނާއެވެ. މިމެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލި

    ބޭނުންހާ ޓީމަކާ ތިކުޅޭ ކުޅުމެއް ނުކުޅެވޭނެ.

    1
    1