މިހާރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ފްރާންސް އަދި ބެލްޖިއަމް ވާދަކުރާއިރު، ބެލްޖިއަމް ރައުންޑް އޮފް 16 އަށް ދަތުރު ކޮށްފައިވަނީ ގުރޫޕްގެ ދެ ވަނަ ހޯދައިގެންނެވެ. އަދި ފްރާންސް ވެސް ރައުންޑް އޮފް 16 އަށް ދަތުރު ކޮށްފައިވަނީ ގުރޫޕުގެ ދެވަނަ ވަނަ ހޯދައިގެންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް ހިމެނިފައިވަނީ ގުރޫޕް ޑީ ގައެވެ. މި ގުރޫޕް ގައި ފްރާންސް އާއި އެކު ދެން ހިމެނުނީ އޮސްޓްރިއާ އާއި ނެދަލެންޑްސްގެ އިތުރުން ޕޮލެންޑްއެވެ. މި މގުރޫޕުގެ އެއްވަަނަ ހަ ޕޮއިންޓާއި އެކު އޮސްޓްރިއާ އިން ހޯދާފައިވާއިރު، ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއި އެކު ފްރާންސް އަށް ލިބުނީ ގުރޫޕްގެ ދެ ވަނައެވެ. އަދި ތިން ވަނަ އަށް ނެދަލެންޑްސް ދިޔައިރު، ހަތަރު ވަނަ އަށް ދިޔަ ޕޮލެންޑް ވަނީ މުބާރާތުން ކަޓާފައެވެ.

ޔޫރޯ 2024- ފްރާންސް އަދި ޕޮލެންޑް ވާދަކުރި މެޗުގެ ތެރެއިން, ފްރާންސްގެ އެމްބާއްޕޭ އެ ޓީމުގެ ޕެނަލްޓީ ފޮނުވާލަނީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމް ގުރޫޕުގެ ދެވަނަ ހޯދާފައިވާއިރު، މި ގުރޫޕުގައި ބެލްޖިއަމްގެ އިތުރުން ދެން ހިމެނެނީ ރޮމޭނިއާ އާއި ސްލޮވާކިއާގެ އިތުރުން ޔޫކްރެއިންއެވެ. މި ގުރޫޕުގެ ހުރިހާ ޓީމަކަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މި ގުރޫޕުގެ އެއްވަނަ އަށް ދިޔައީ ރޮމޭނިއާއެވެ. އަދި ދެވަނަ އަށް ބެލްޖިއަމް ދިއައިރު ތިން ވަނަ އަށް ދިއައީ ސްލޮވާކިއާއެވެ. ގުރޫޕުގެ ހަތަރު ވަނަ އަށް ގޮސްގެން ޔޫކްރެއިން ވަނީ މުބާރާތުން ކަޓާފައެވެ.

މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ނިކުންނާނެ ކަމަށް ބެލެވޭ ފުރަތަމަ 1

ފްރާންސް: މައިގްނަން؛ ކައުންޑޭ، ސަލީބާ، އުޕަމެކާނޯ، ހަރްނާންޑޭޒް؛ ކާންޓޭ، ޗުއަމެނީ، ރަބިއޮޓް؛ ގްރިޒްމަން؛ ތޫރަމް، އެމްބާޕ

ބެލްޖިއަމް: ކެސްޓީލްސް؛ ކަސްޓަގްނޭ، ފޭސް، ވަރޓޮންގޭން، ތިއޭޓް؛ ޓިއެލެމަންސް، އޮނާނާ؛ ޑޯކު، ޑި ބްރޫއިން، ކަރާސްކޯ؛ ލުކާކޫ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 އަށް ފްރާންސް އަދި ބެލްޖިއަމް ނިކުންނައިރު، މި ދެ ޓީމުން ޔޫރޯ ފުޓް ބޯޅަ މުބާރާތުގައި އަދި ވާދަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ހަ ފަހަރެއްގެ މަތިން މި ދެ ޓީމު ވާދަކޮށްފައިވާއިރު، ތިން ފަހަރެއްގެ މަތިން ފްރާންސް އިން ވަނީ ބެލްޖިއަމްގެ މައްޗަށް ކުރި ހޯދާފައެއް. އަދި ދެ ފަހަރެއްގެ މަތިން ބެލްޖިއަމް ކުރި ހޯދާފައިވާއިރު، މި ދެ ޓީމު ވާދަކުރި އެއް މެޗު ނިމިގެން ގޮސްފައިވަނީ ދެ ޓީމު އެއް ވަރު ވެގެންނެވެ.

މިހާރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ފްރާންސް އަދި ބެލްޖިއަމް ވާދަކުރާ މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ ޑުސެލްޑޯފް އެރީނާގައެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ.