ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން މިމަހު ބާއްވަން ހަމަޖެހިފައިވާ ވީއައިއެސް ޓްރޭނިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ އެސޯސިއޭޝަނުން ނެރުނު އިއުލާނެއްގައި ވަނީ މިމަހުގެ 5 އިން 13 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޯހުގައި ބައިވެރިވުމަށް 1000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭ ކަމަށެވެ.

ކޯހުގައި ބައިވެރިވުމުގެ ޝަރުތު:

  • - ޢުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހެއްކަމުގައި ވުން
  • - އިނގިރޭސި ބަހުން މުއާމަލާތު ކުރަން (ލިޔަން ކިޔަން) އެނގުން
  • - ފުރިހަމަ ސިއްޙަތެއްގައި ހުރުން
  • - ވޯލީ ބޯޅައިގެ މަސައްކަތުގައި އުޅޭ މީހެއް ކަމުގައި ވުން
  • - ކޮމްޕިއުޓަރ ބޭނުން ކުރަން އެނގުން
  • - އަމިއްލަ ލެޕްޓޮޕެއް ހުރުން

އެހެންކަމުން މިޓްރޭނިންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކުވާ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ސުންގަޑިއަށް [email protected] އަށް އީ-މެއިލް މެދުވެރިކޮށް ހުށަހެޅުއްވުމަށް ވޮލީބޯލް އެސޯސިއޭޝަނުން ވަނީ އެދިފައެވެ.