ސްރީލަންކާގައި ހުންނަ، މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ތިންވަމަ ސްޕޯޓްސްމީޓް މިއަދު ފަށައިފިއެވެ.

އެމްއީސީސީގެ ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ މި ސްޕޯޓްސްމީޓް މިއަދު ފަށްޓަވައިދެއްވީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތާރޑް ސެކްރެޓަރީ އަބްދުއްރަޝީދު އާދަމްއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ސްޕޯޓްސް މީޓުގެ މަގުސަދަކީ އެމްއީސީސީ ގައި ކިޔަވާ ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫހު އަލާކުރުމާއި އެކުވެރިކަން ބަދަހިކުރުން ކަމަށް އެމްއީސީސީ އިން މައުލޫމާތުދެއެވެ.

މީގެއިތުރުން ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތައް އެއްތަނަކުން ބައްދަލުވެ އެކުވެރި، އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމަކީ ވެސް މި ސްޕޯޓްސް މީޓްގެ މަގުސަދެއް ކަމަށް އެމްއީސީސީ އިން މައުލޫމާތުދެއެވެ.

މި ސްޕޯޓްސް މީޓުގައި 500 ދަރިވަރުން ބައިވެރިވާއިރު ގިނަ އަދަދެއްގެ ކުޅިވަރުތައް ސްޕޯޓްސް މީޓުގައި ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ހިމެނެނީ ހޭންޑްބޯލް އާއި ފުޓްސަލް އާއި ހަރޑްލްސް އާއި އޮބްސްޓެކަލް އާއި ބެޓްން ރިލޭ އާއި ސްޕްރިންޓާއި ޝޮޕް ޕޮޓްއެވެ. މި ނޫނަސް އިތުރު ކުޅިވަރުތައް މި ސްޕޯޓްސް މީޓުގައި ކުރިއަށްގެންދާ ކަމަށް އެމްއީސީސީ އިން މައުލޫމާތުދެއެވެ.

އެމްއީސީސީ އިން ވަނީ މި ސްޕޯޓްސް މީޓަށް ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.