2018 ވަނަ އަހަރުގެ ކަނޑައެޅިގެންދިޔަ އެންމެ ޒުވާން އަދި އުންމީދީ ފުޓުބޯޅަ ކުޅުންތެރިންގެ ލިސްޓުން ހަތަރުވަނަ މަގާމު ހޯދި ނެދަލޭންޑްސްގެ ޒުވާން ޑިފެންޑަރު މަތިއަސް ޑި ލިޓް ތެޅިފޮޅިގެން ބާސެލޯނާއަށް ބަދަލުވާން ބޭނުންނުވާކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެއްޖެއެވެ. އެގޮތުން ޑި ލިޓް އަކީ މިވަގުތު އުމުރުން އެންމެ 18 އަހަރުގައި ޔޫރަޕްގައި ހުރި އެންމެ ހުނަރުވެރި އަދި އެންމެ ގިނަ ކުލަބުތަކުން ފާރަލަމުންދާ އެއް ކުޅުންތެރިޔާއެވެ.

ޑި ލިޓް ސިފަކުރެވިފައިވަނީ ހުރިހާ ގޮތަކުންވެސް ފުރިހަމަ ޑިފެންޑަރެއްގެ ގޮތުގައެވެ. ބާސެލޯނާއިން ޑި ލިޓް ހޯދުމަށް މަސައްކަތްކުރާކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވިތާ މާ ގިނަ ދުވަސްތަކެއް ހޭދަވެފައިނުވާއިރު ޑި ލިޓް ހޯދުމަށް ޕީއެސްޖީ، ބަޔާން މިއުނިކް، ރެއާލް މެޑްރިޑް އަދި މެންޗެސްޓާރ ސިޓީއިންވެސް ވަނީ ފާރަލާން ފަށައިފައެވެ.

އަޔެކްސްގެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްދީ އެ ޓީމުގެ އެންމެ މައި އެއް ތަނބުކަމަށް ބެލެވިފައިވާ ޑި ލިޓް ކުޅޭއިރު އޭނާއަކީ ވަރަށް ތަޖުރިބާ ހުރި ޑިފެންޑަރެއް ރަމްޒުކޮށްދޭ ކުޅުންތެރިޔެއްކަމަށް ފުޓުބޯޅަ ދިރާސާކުރާ ބައެއް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ޑި ލިޓްގެ ހުނަރުވެރިކަން އެންމެ ރަނގަޅަށް ފެނިގެންދިޔަ އެއް މެޗަކީ މިދިޔަ ހޯމަ ދުވަހު ނެދަލޭންޑްސްއާއި ޕޯޗުގަލް ބައްދަލުކުރި މެޗުންނެވެ. އެ މެޗުގައި ޑި ލިޓް ދެ އެސިސްޓް އުފެއްދިއިރު އޭނާ ވަނީ ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި ސްޓްރައިކަރުކަމަށް ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެ މެޗުގައި ނެދަލޭންޑްސްގެ ގޯލާއި އަމާޒުކޮށް އެންމެ ޝޮޓެއްވެސް ހެދިޔަނުދީ ހިފަހައްޓާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަކޫ

    ރޮނާލްޑޯ އަކީ ދިވެހިން މިކިޔާ ޔަހުޔާ.. ޔަހުޔާ ވެސް ކާޅު ހިފައޭނު. އާނ ޓީމު އެންމެން ވެގެން އެކަކު ލައްވާ ލަނޑު ޖަހުވަން އުޅޭނަމަ ޖެހޭނެ