ގައުމީ ޓީމުން ބާކީކޮށްފައިވާ އަލީ އަޝްފާގް (ދަގަނޑޭ) ގެ ކަންތައްތަކުގައި އާއްމުންގެ ކިބައިން މައާފަށް ނޭދެނީސް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް އާއި ސަލާމްވެސް ނުކުރާނެ ކަމަށް ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ގައުމީ ޓީމުން ދަގަނޑޭ ބާކީކުރީ އޭއެފްސީ ކޮލިފިކޭޝަންގައި ބޫޓާން އާއި ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އޭނާ ހާޒިރުނުވުމާ ގުޅިގެންނެވެ.

މާލޭ ލީގުގައި މާދަމޭ ރޭ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް ގްރީން ސްޓްރީޓްއިން ކުޅޭ މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސުޒެއިން ބުނީ ގައުމީ ކޯޗް އެކުރި ކަންތައްތަކަށް ޕަބްލިކް ގައިވެސް އޭނާ މާފަށް އެދެން ޖެހޭނެ ކަމަށެވެ.

"ގައުމީ ކޯޗް މިކުރި ކަންތައްތަކަށް އެނާ ޖެހޭނެ ދިވެހި ރާއްޖޭގެ ޕަބްލިކްގެ ފަރާތުން މާފަށް އެދެން. އަޝްފާގް އާއި ބެހޭގޮތުން އޭނަ ކުރި ކޮމެންޓަށް އޭނަ މާފަށް ނޭދޭހާ ހިނދަކު އަޅުގަނޑު އޭނާއަށް ހިތް ހެވެއް ނުވާނެ. މާފެއް ވެސް ނުކުރާނަން" ސުޒޭން ބުންޏެވެ.

އިތުރަށް ވާހަކަދައްކަމުން ސުޒޭން ބުނީ ގައުމީ ކޯޗާއި ބައްދަލުކުރަން ވެސް އޭނާ ބޭނުން ނުވާ ކަމަށާއި އަދި އޭނާ އާއި ސަލާމް ވެސް ކުރަން ބޭނުންނުވާ ކަމަށެވެ.

"އޭނާއާއި ބައްދަލު ކުރާކަށްވެސް ބޭނުމެއްވެސް ނޫން. އަޅުގަނޑު އޭނައާއި ސަލާމް ކުރާކަށްވެސް ބޭނުމެއް ނޫން. އަޝްފާގު ކަންތަކުގަ އޭނަ ދިވެހި ރައްޔިތުން ކުރިމަތީ ޕަބްލިކްގަ އޭނަ ކުރި ކޮމެންޓަށް މާފަށް ނެދެނީސް" ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުންޏެވެ.

ސުޒޭން އިތުރަށް ބުނީ ކެޕްޓަނެއް ނެގުމުގައި ކޯޗް ދެއްކި ވާހަކަ އާއި އުޒުރު ގަބޫލުކުރެވިދާނެ ކަމަށާއި އެހެނަސް އަޝްފާގާއި މެދު އެކަހަލަ ވާހަކަ ދެކިވެގެން ނުވާނެ ކަމަށެވެ.

މި ޕްރެސް ކޮންފަރެސްގައި ވާހަކަ ދައްކަމުން ކުރީގެ ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ އިސްމާއިލް މަޙްފޫޒް (އިންމަ) ބުނެފައިވަނީ އަޝްފާގު ގައުމީ ޓިމުން ބޭރުވާންޖެހޭ ސަބަބެއް އޮތް ކަމަކަށް އެނާ ގަބޫލެއް ނުކުރާ ކަމަށާއި އަޝްފާގަކީ ދިވެހި ގައުމީ ޓީމަށް އެތަށް ދަލަކާއި ލެޔެއް އޮހުރުވާފައިވާ ކުޅުންތެރިއެއް ކަމަށެވެ. އަދި އެއީ ރާއްޖޭގައި މިއިން ޒަމާނެއްގައިވެސް ނުއުފެދޭނެ ފަދަ މޮޅު ކުޅުންތެރިއެއްކަން އިންމަ ފާހަގަކުރިއެވެ.

އަޝްފާގު ގައުމީ ޓީމުން ބާކީ ކުރުމުގައި ކޯޗް ގެންގުޅުނު އުސޫލްގެ ސަބަބުން ގައުމީ ކޯޗަށާއި އެފްއޭއެމް އަށް ގިނަ އާއްމުންނާއި ބައެއް ކުޅުންތެރިންގެ އިތުރުން ދިވެހި ފުޓްބޯޅައިގައި ހަރަކާތްތެރިވާ ފަރާތްތަކުންވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މުހަންމަދު

    މިކަހަލަ މީހުންގެ ސަބަބުން ވެރިންނަށް ކިޔަމަންވުން މި މުޖުތަމައުން މުޅިން ނެތިގެން މިދަނީ. ދަގަނޑޭ އަކީ މޮޅު މީހެއް ވީމަ ވެރިމީހާއަށް ކިޔަމަންވާން ނުޖެހޭނެތަ؟

    • ާސނ

      ރަނގަޅު ވާހަކަ އެއް

  2. ޏިމޯ

    ސުޒޭން ވަރަށް ބޭނުން މަގާމެއް އެއީ. ށުޒޭނަށް ގައުމީޓީމު ހަވާލުކުރަން ފެނޭ.

    ކޯޗަށް މެޗުކުޅޭ ދުވަހު ނާދެވެޔާ ކޯޗުކަމަކަށް ޝަރުތު ހަމައެއްނުވޭ.

    ޢެހެންވިމާ ކެޕްޓަން ހުންނަންވަނެ ބައްދަލުވުންތަކުގަ. ޏނޫނީ ވާނީ ބާކި

  3. ހުވަދު

    މޮޅުމީހެއްވިއްޔާ ގަވާއިދައް ބޯލަބާކަށް ނުޖެހޭނެތަ؟

  4. އަޙްމަދު

    މިކަހަލަ މީހުންނާ ހެދީ ފުޓްބޯލަ ހަލާކުވަނީ

  5. ޙުއްބުލް ވަތަން

    މިވެރިން ބުނިހާގޮތަކައް ހެދި ކޯޗުންނަށް ކޮންނަތީޖާއެއްތަ ނެރެވުނީ - ނަތީޖާނެރެން ދޯ ޕަބްލިކް ބޭނުންވަނީ

  6. އައްޓަމަސް

    ހުރޭ ސަލާމް ނުކޮށް

  7. ބަސްފޮތް

    ތިޔާ ކިޔައްކުރަން ސަލާންކުރާ މީހެއްތަ؟ ޤައުމީ ކޯޗު އެބައުޅޭ ތިޔާ ކަހަލަ ލަޓޯފަޓޯއަކާ ސަލާން ނުކުރެވިގެން..ސުޒޭނެއް އުޅޭކަން ވެސް ނޭނގޭ ކޯޗަށް.. ތިޔަކަހަލަ މީހުންނާ ހެދި ކަމެއް ރަނގަޅުނުވަނީ..އިސްރާފު އިސްރާފު

  8. މޮހޮނު

    ހީވޭ ކަމެއްހެން. ސުޒޭނު އެންމެ ބޭނުންވަނީ ގައުމީ ޓީމު ކޯޗް ކަން. ސެމްޕަލް ކެފޭ ކޮފީ މޭޒު ދޮށުން ގައުމީ ޓީމް އެކުލަވާ ލެވޭނީ އޭރަށް

  9. ސަޕޯޓަރެއް

    ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮއްލައި ސަލާމް ކުރޭ. އެއީ ރީތިގޮތަކީ. ޢަސްފާގު ޓީމުން ބާކީ ކުރީ ސަބަބަކާއި ލައިގެން. އޭތި ހަޖަމު ނުވެގެން ޒާތީ ހަސަދައެއް ފިލުވާލުމަކީ ސުޒޭނުމެން ކަހަލަ ކޯޗުން ކޮއްގެން ވާނެ ކަންތަްއް ތަކެއްނޫން

  10. Anonymous

    އަޝްފާގުގެ ހިތްހެޔޮކޮޮއް ގައުމީކޯޗައް އޮތްކަން އެނގޭ ސަބަބަކީ އަދި މިވީހާތަނައް އަސްފާގު ނެތް ކޯޗައް ބުރަ ބަހެއްބުނެފަ. ދެން ސުޒޭނު ކޮން ވައްތަރު ފުއްޕަނީ

    • އެއްމެން

      ތިޔައީ އަޝްފާގު ރަންގަޅުވީމަ އަޝްފާގުގެ އަމަލު ހުރިގޮތް. އެކަމަކު މިގައުމުގެ އިއްޒަތް ތެރީންގެ ކަރާމާތް ގެއްލެގެން ދާއިރު އެއްޗެކެނުބުނެ ދެނެހުރިކަމަށް ނަހަދާ ނުތިބެވޭނެ.

  11. Anonymous

    ސުޒާނުއައް.ތިހުރީ ފެންވަރު އޮޅިފަ.

  12. އެއްމެން

    ގައުމުތަކުގަ ތިބޭނެ ވަކި ޚާއްސަ ކޮލިޓީއެއް ހުރުމުގެ ސަބަބުން އެގައުމަކުން ޚާއްސަ ގަދަރެއް ދެވިފާތިބޭ ގައުމުގެ ބަދަލުން އިއްޒަތްތެރިން. ދަނގަޑޭ އަކީ މިގައުމުގާ އެފަދަ މަގާމަށް ދެވިފައިވާ މީހެއް. ތިޔަހެން ބޭރުން އައިސް ތިބޭ މީހުންގެ ފަރާތުން މިގައުމުގެ ޚާއްސަ މީހުންގެ ކަރާމާތް ހަލާކުވެ ދީގެން ނުވާން. ތިޔަ ކޯޗުގެ ބަދަލުގާ އެހެން ކޯޗެއް ހޯދާ.

  13. ސުޒޭން

    ޏުޖެހެ މަޢާފަށް އެދޭކަށް. ދަގަނޑޭ މަޢާފަށް އެދެން ޖެހޭނީ. ސުޒޭން މެންކަހަލަ މީހުން ތިޔަކަހަލަ ވާހަކަ ދެއްކީމަ ކަޑައޭ

  14. ހުސޭނުބޭ

    ސުޒާނު!......... ތިހެން ބުނީމާ އެކަމާ ދެރަވެގެން ޤައުމީ ކޯޗު އެބަ ރޮއި!

  15. ގުރާ

    ކޯޗް މާފަށް އެދޭވަރުގެ ކަމެއް ނުކުރޭ. އަދި ސުޒޭނު ސަލާންނުކޮށް ހުރެގެން ކޯޗަށް ގެއްލޭނެ އެއްޗެއްވެސް ނެތް.

  16. ތިލަފަތް

    ކަލޭ ޖޭވީދޯ؟ ހެޔޮދުވަހަކު ސަލާންނުކުރިޔަސް....

  17. Anonymous

    ގައުމި ސަލަމް