ބްރެޒިލްގައި ކުޅުނު ފުޓްބޯލް މެޗެއްގައި ޖުމްލަ 10 ރަތް ކާޑް އާއި އެކު ތިން ރީންދޫ ކާޑް ކުޅުންތެރިންނަށް ދައްކައި މެޗް ނިންމާލަން ޖެހިއްޖެއެވެ.

ބްރެޒިލް ފުޓްބޯޅަ ކުޅުންތެރިންނަކީ އެމީހުންގެ ހުނަރަށް މަޝްހޫރު ވެފައިވާ ބަޔަކަށް ވީނަމަވެސް، ބަހިއާ ސްޓޭޓް ޗެންޕިއަންޝިޕް މެޗެއްގައި އިއްޔެ ވިކްޓޯރިއާ ކިޔާ ކްލަބަކާއި ބަހިއާ ކްލަބް ކުޅުނު މެޗް ގައި މިފަދަ އެއްވެސް ކަމެއް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މެޗްގެ ފުރަތަމަ ހާފްގައި އެކަނިވެސް ޖުމްލަ 6 ކާޑެއް ފެނިގެން ގޮސްފައި ވާއިރު، މެޗް ހޫނުވާން ފެށީ ދެވަނަ ހާފްގައި ބަހިއާ ކުޅުންތެރިންނަށް ޕެނަލްޓީ އެއް ލިބުނު ހިސާބުންނެވެ.

ބަހިއާ އަށް ލިބުނު ޕެންލްޓީ ކާމިޔާބު ކުރި ކުޅުންތެރިޔާ އިދިކޮޅު ސަޕޯޓަރުން ކުރިމަތީ ނަށައި، އުފާ ފާޅުކުރުމުން ދެ ޓީމްގެ ކުޅުންތެރިން ވަނީ ގަޔަށް އަތްލާ މާރާމާރީ ހިންގާފައެވެ.

މިއާއެކު މެޗްގެ ރެފްރީ ވަނީ އޭގެ 16 މިނެޓަށް ފަހު ވެސް އެކަން ނުހުއްޓުމުން އިތުރު އަށް ކާޑެއް ދައްކާފައެވެ. އެއީ ވިކްޓޯރިއާ ކުޅުންތެރިންނަށް 3 ކާޑް އާއި ބަހިއާ ކުޅުންތެރިންނަށް ފަސް ކާޑެއެވެ.

އެއަށްފަހު މެޗްގެ ކުޅުން އަލުން ފަށި ނަމަވެސް، އޭގެ 11 މިނެޓް ފަހުން ވިކްޓޯރިއާ ޓީމްގެ އިތުރު ދެ ކުޅުންތެރިޔަކު ދަނޑުން ފޮނުވާލުމުން މެޗްވަނީ ބަހިއާ ޓީމްއަށް ލިބިފައެވެ.

މިއީ މިއަހަރު މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރު ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު