ގއ.ކަނޑުހުޅުދޫ ހަނދުވަރުދޭގޭ މުހައްމަދު މަފާޒް މައުސޫމަށް ޖެހިފައިވަނީ ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ "ކެރަޓޯކޮންޖަންކްޓިވައިޓިސް" އެވެ. ސިއްހި މާހިރުން ބުނާ ގޮތުން އެކަން ދިމާވަނީ ލޮލުގެ ސާފު ކުރިމަތީ ބައި (ކޯނިއާ) އާއި ލޮލުގެ ހުދު ބައި (ކޮންޖަންކްޓިވާ) ނިވާކުރާ ތުނި ފަށަލަ އިންފްލެމޭޓްވުމުންނެވެ. މަފާޒްގެ ބައްޕަ މައުސޫމް "ވަގުތު"އަށް ކިޔައިދިން ގޮތުގައި އުމުރުން އެއް އަހަރުގައި މި ބަލީގެ އަލާމާތްތައް ފެނުނުނަމަވެސް ބަލި ދެނެގަނެވުނީ އުމުރުން 2 އަހަރުގައި 2014 ގައެވެ. ފާއިތުވި 14 އަހަރު ތެރޭގައި މަފާޒުގެ 17 އަށްވުރެ ގިނަ ސާޖަރީއެއް ހަދާފައިވާއިރު، މިއިން ކޮންމެ ފަހަރަކުވެސް ސާޖަރީ ހަދަނީ ހޭނައްތައިގެންނެވެ. މަފާޒުގެ ލޮލަށް ބޭސްކުރާތާ މިހާރު 12…