ޔޫރޯ 2024 ގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ރޭ ނިމިފައިވާ އިރު މި އަހަރުގެ މުބާރާތުގައި މިހާތަނަށް އެކި ޓީމުތަކުން އަމިއްލަ ގޯލަށް ބައިކޮޅަށް ޖެހި ގޯލުގެ އަދަދު ހަތަކަށް ވަނީ އަރާފައެވެ. މިހާތަނަށް މި މުބާރާތުގެ ރަން ބޫޓަށް ވާދަކުރާ ކުޅުންތެރިން ޖަހާފައިވަނީ ދެ ގޯލެވެ. އެގޮތުން ނެދަލޭންޑުގެ ކޯޑީ ގަކްޕޯ، ޖޯޖިއާގެ ޖިއޯޖް މިކައުޓަޑްޒޭ، ސްލޮވޭނިއާގެ އިޥާން ޝްރަންޒް، އަދި ޖަރުމަނުގެ ޖަމާލް މޫސިއާލާ އާއި ނިކޮލަސް ފުލްކުރޫގް މިހާތަނަށް ވަނީ މި މުބާރާތުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ނަމަވެސް ރަން ބޫޓަށް ވާދަކުރާ އަދަދަށް ވުރެ ބައިކޮޅަށް ވަދެފައިވާ ގޯލުގެ އަދަދު މިވަނީ ގުރޫޕު ސްޓޭޖު ނިމުނުއިރު މާ މަތީގައެވެ. ބައިކޮޅަށް…