ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަބުރުގައި ލިއޮނަލް މެސީއަށް ޕެނަލްޓީ ނާކާމިޔާބުވުުގެ ރެކޯޑެއް ހެދުނު ނަމަވެސް ޕީއެސްޖީން ރެއާލް ބަލިކުރިިއިރު ސިޓީން ފަސޭހަކަމާއި އެކު ސްޕޯޓިން ލިސްބަން ބަލިކޮށްފިއެވެ.

ޕީއެސްޖީ ކުޅުނު މެޗު އެ ޓީމު ކާމިޔާބުުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރެއާލް ކޮޅަށް ޕީއެސްޖީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިއަކީ ކީލިއަން އެމްބާޕޭ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. ހާއްސަކޮށް އެމްބާޕޭގެ ކުޅުން މި މެޗުގައި ފާހަގަކޮށްލެވެއެވެ. ޕީއެސްޖީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް އޭނާ ފަހިކޮށްދިނެވެ.

ރެއާލްގެ ކީޕަރު ތިބޮއުޓް ކޯޓުއާގެ ހުށިޔާރު ސޭވްތަކާއި އެކު ފުރަތަމަ ހާފުގައި އެމްބާޕޭގެ ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ. މީގެއިތުރުން ލިއޮނަލް މެސީއަށް ލިބުނު ފުރުސަތުތައް ވެސް ފާހަގަކޮށްލެވެއެވެ.

ޕީއެސްޖީއަށް މި މެޗުގައި ލަނޑުޖަހާ ލީޑުނަގާނެ ރަނުގެ ފުރުސަތެއް ލިއޮނަލް މެސީއަށް ލިބިގެންދިޔައެވެ. މެޗުގެ 62 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކީޕަރު ކޯޓުއާ އެ ބޯޅަ ދިފާއުކުރިއެވެ. އެއާއެކު މެސީ ވަނީ ޗެމްޕިއަންސް ލީގުގައި ޕެނަލްޓީ ބޭކާރުކުރުމުގެ ރެކޯޑަކާއި އަރާ ހަމަކޮށްފައެވެ. އެއީ އެންމެ ގިނައިން ޕެނަލްޓީ ބޭކާރުކުރި ކުޅުންތެރިންގެ ލިސްޓުގެ ތެރެއިންނެވެ.

މެސީ ޕެނަލްޓީ ބޭކާރުކުރުމަށް ފަހު

ނޭމާ މި މެޗުގައި ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައެވެ. އޭނާއަށް މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތައް ވީ ބޭކާރެވެ. މެޗުން ޕީއެސްޖީ މޮޅުވި ލަނޑު އެމްބާޕޭ ކާމިޔާބުކޮށްފައި ވަނީ އިތުރު ވަގުތުގެ ތެރޭގައެވެ. މިއީ ނޭމާ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަބުރުގައި ރެއާލް މެޑްރިޑް އަދި ޕީއެސްޖީ ބައްދަލުކުރާ ދެވަނަ ލެގު ކުޅޭނީ ރެއާލްގެ ދަނޑުގައި އަންނަ މަހުގެ 9 ގައެވެ.

މެންޗެސްޓަރ ސިޓީ ކުޅުނު މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އަތުން 5-0 ގެ ނަތީޖާއަކަުންނެވެ. ޑިބްރައިނާ ދިން ބޯޅައަކުން ރިޔާދް މަހްރޭޒް ސިޓީއަށް ލީޑު ނަގައިދިން އިރު ލީޑު ފުޅާކޮށްދިނީ ބެނާޑޯ ސިލްވާއެވެ. އަދި ފަސްވަނަ ލަނޑު ޖެހީ ސްޓާލިން އެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގު ކުޅޭނީ މާރޗް ނުވައެއްގައި ސިޓީގެ ދަނޑުގައެވެ.