މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަން (އެމްބީއޭ) ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަށް ދިރާގުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްބީއޭއަކީ ޒުވާނުން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވަމުން އަންނަ އެކި ދާއިރާތަކުން ޒުވާނުންގެ ކުރިއެރުމަށް މަގުފަހިކޮށްދެމުންދާ އެސޯސިއޭޝަނެކެވެ. ދިރާގުން ބުނީ އެމްބީއޭއާ ގުޅިގެން ރާއްޖޭގެ ކުޅިވަރު ކޮމިއުނިޓީއަށް އެހީތެރިކަން ފޯރުކޮށްދީ ޒުވާނުން ބާރުވެރިކުރުވައި، އަންނަން އޮތް ޖީލުގެ ބާސްކެޓްބޯޅަ ކުޅުންތެރިން ކުރިއެރުވުމަށް ދިރާގުގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

ދިރާގުގެ ސީނިއާ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ އެމްބީއޭގެ ޑިޖިޓަލް ޕާޓްނަރަކަށްވުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާން ހުނަރުވެރިންނާއި ޓްރެއިނަރުން އަދި ރެފްރީން ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

"ބާސްކެޓް ބޯލް އަކީ ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރަކަށް ވެގެން ދިއުމަކީ އުއްމީދެއް" މިރުޝާން ވިދާޅުވިއެވެ. އެމްބީއޭގެ ރައީސް އަހުމަދު އާދަމް ވަނީ ބާސްކެޓްބޯޅަ ކުރިއެރުވުމަށް ދިރާގުން ކުރަމުންދާ މަސައްކަތާ އަދާކުރާ ދައުރަށް ޝުކުރު އަދާކޮށްފައެވެ. "ފާއިތުވި އަހަރުތަކުގައި ދިރާގުގެ ފަރާތުން ލިބުނު އެއްބާރުލުމަކަށް އަޅުގަނޑުމެން ޝުކުރުވެރިވަން އަދި މި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުއްމީދުކުރަން،" އާދަމް ވިދާޅުވި އެވެ.

ދިރާގުގެ ސީއެސްއާރް ސްޓްރެޓެޖީގެ އެންމެ ބޮޑު އިސްކަމެއްދެނީ ޒުވާނުން ކުރިއެރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމާއެކު އެމީހުންނަށް ފަހި ފުރުސަތުތަކެއް ހޯދައިި ދިނުމުވެ.