ރަޝިއާ ގައުމީ ފުޓުބޯޅަ ޓީމު ސަސްޕެންޑުކުރުމާއި ގުޅޭގޮތުން މަތީފެންވަރުގެ މަޝްވަރާތަކެއް ދުނިިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ފަށައިފިއެވެ.

މި މަޝްވަރާތައް ކުރަނީ ފީފާ އާއި ޔުއެފާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާއި ގުޅޭގޮތުން ރަސްމީކޮށް ގޮތެއް ވަރަށް އަވަހަށް ނިންމާނެކަމަށް ސްކައި ސްޕޯޓްސް އިން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ރަސްމީ ސްޓޭޓްމަންޓެއް ވެސް މިކަމާއި ގުޅިގެން ދިނުމަށް ނިންމާފައިވާ ކަމަށްވެސް މައުލޫމާތުލިބެއެވެ.

މިހާރުވެސް ފީފާއިން ވަނީ ރަޝިޔާއަށް ބޮޑެތި ފިޔަވަޅުތަަކެއް އަޅާފައެވެ. އެގޮތުން ފީފާގެ މެޗުތަކުގައި ރަޝިޔާގެ ގައުމީ ސަލާމް މަނާކުރުމާއި، ރަޝިޔާގެ ނަމުގެ ބަދަލުގައި ފީފާގެ މެޗުތަކުގައި ދެން ބައިވެރިވެވޭނީ ފުޓްބޯލް ޔޫނިއަން އޮފް ރަަޝިޔާ ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

މިގޮތަށް ނިންމުމުން ވޯލްޑްކަޕް ކޮލިފައިންގައި އަންނަމަހު ޕޮލޭންޑާއި ދެކޮޅަށް މި ނަމުގައި ކުޅުމުގެ ފުރުސަތު ރަޝިޔާއަށް ލިބެއެވެ. ޕޮލޭންޑުން މީގެކުރިން ވަނީ މި މެޗު ކުޅެން ދެކޮޅުހަދާ އެކަން އަންގާފައެވެ.

ފީފާއިން އަލަށް އަޅާ ފިޔަވަޅުތަކާއި އެކު ކޮލިފައިންގެ މެޗުތަކުގައި ރަޝިޔާއަށް ނުކުޅެވޭނެއެވެ. އެހެންކަމުން ވޯލްޑްކަޕަށް ކޮލިފައިވުމަށް ރަޝިޔާއަަށް އޮތް ހުރިހާ ފުރުސަތެއް ބަންދުވާނެއެވެ.

ޔޫރަޕުގެ މީޑީއާތަކުން ބުނާގޮތުން ފީފާގެ ރައީސް އިންފަންޓީނޯ އާއި ޔުއެފާގެ ހަ ގައުމެއްގެ ފުޓުބޯޅަ އިދާރާގެ އިސްވެރިންނާއެކު މިއަދު މިކަމާއި ގުޅޭ ބޮޑު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.