އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެެސްޓަރ ސިޓީ ބައްދަލުކުރާ މެޗުގެ ސްކޮޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީކޮށްފިއެވެ.

ރޮނާލްޑޯގެ އިތުރުން އެޑިންސަން ކަވާނީ ވެސް ވަނީ މިރޭ ރާއްޖެގަޑިން 21:30 ގައި ކުޅޭ މެޗުގެ ސްކޮޑުން އެ ޓީމުގެ ކޯޗު ރަންގްނިކް ވަނީ ބާކީކޮށްފައެވެ.

މި ސީޒަނުގައި ޖެހި ލަނޑުތަކާއެކު އުމުރުން 37 އަހަރުގެ ރޮނާލްޑޯ ވެފައިވަނީ ޔުނައިޓެޑުގެ ޓޮޕް ސްކޯރާއަށެވެ. އެއީ ޖުމްލަ 30 މެޗުން ކާމިިޔާބުކުރި 15 ލަނޑާއެކު އެވެ.

މި ލަނޑުތަކުގެ ތެރެއިން މިއަހަރުގެ މިހާތަނަށް ރޮނާލްޑޯއަށް ކާމިޔާބުކުރެވުނީ އެއް ލަނޑެވެ. އެއީ އެންމެފަހުން އޭނާ ކުޅުނު ދިހަ މެޗުގައި ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑެވެ. މި ލަނޑު އޭނާ މިއަހަރު ޖެހީ ފެބްރުއަރީ 15 ގައި ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު ޔުނައިޓެޑް ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ރޮނާލްޑޯއާއި ކަވާނީ މި މެޗުގެ ސްކޮޑުން ބާކީކުރި ނަމަވެސް އުމުރުން 24 އަހަރުގެ މާކަސް ރަޝްފޯޑް ވަނީ ސްކޮޑުގައި ހިމަނާފައެވެ.

މީގެއިތުރުން މި ހޫނުމޫސުމުގައި 34 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ސޮއިކުރި ރަފައެލް ވަރާންގެ އިތުރުން ލޫކް ޝޯ ވެސް ވަނީ ސްކޮޑުން ބާކީކޮށްފައެވެ.

ޕްރިމިއަރ ލީގު ތާވަލުގައި ޔުނައިޓެޑު މިވަގުތު އޮތީ ހަތަރުވަނައިގައެވެ. ނަމަވެސް މިއަދު ނަތީޖާ ނިކުންނަ ގޮތަކުން ޔުނައިޓެޑުގެ މައްޗަށް އާސެނަލަށް ކުރިހޯދެން އެބައޮތެވެ.