މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ކުޅިވަރަށް މި ސަރުކާރުން ގެންނަ އިންގިލާބީ ބަދަލަށް މުހިއްމު ފިޔަވަޅެއް ކަމަށް ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބާއްވާ ތާޜީހީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހުޅުވުމުގެ ރަސްމިއްޔާތުގައި މަހްލޫފް ވަނީ ކުޅިވަރުގެ ރޮނގުން މި ސަރުކާރުން މިހާތަނަށް ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކާއި ކުރިޔަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުޅިވަރުގެ ވަރުގަދަ ޝަހުސިއްޔަތުންނާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ހަތަރު ގައުމެއްގެ ކުޅިވަރުގެ އިސް ފަރާތްތަކާއެކު ބޭއްވި އެވޯޑު ހަފުލާ ހުޅުވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން މަހްލޫފް ވަނީ މިފަދަ އެވޯޑެއްގެ މުހިއްމު ކަން ފާހަގަކޮށްފައެވެ.

"މި އެވޯޑު އެންމެ ފުރަތަމަ ލޯންޗުކޮށްދެއްވީ 2020 ގައި ނައިބުރައީސް، ކޮވިޑުގެ ހާލަތާއި ގުޅިގެން މިކަން ލަސްވީ، އެވޯޑާއި ގުޅުންހުރި ރަނގަޅުކުރަން ޖެހޭ ކަންކަން ހުންނާނެ ކަމާއި މެދު ޝައްކެއްނެތް، އަންނަ އަހަރުގެ އެވޯޑު ކަންކަން މިއަށްވުރެ ރަނގަޅުވާނެ ކަމާއި މެދު ޝައްކެއް ނުކުރަން" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ މިއަދު މި އަޅަނީ ކުޑަ ގައުމަކުން ބޮޑު ފިޔަވަޅެއް ކަމަށާއި ކުޑަ ގައުމަކުން މިއީ ފެށި ނަމޫނާ އެވޯޑެއް ކަމަށެވެ.

ރާއްޖޭގެ ކޮންމެ ކުޅިވަރަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން އެތްލީޓު ހޮވާނެއެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް މިފަދަ ގޮތަކަށް ދެވޭ ފުރަތަމަ ކުޅިވަރު އެވޯޑެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    އެމްއެމްޕީއާރުސީ ޑޮ؛ަރުގަނޑު ދިރުވާލާފައި އެކަން އޮއްބައިލުމަށް ސްޕޯޓސް އެވޯޑޭ ލިޔާފައި ބޮޑު ޖަމަލުފޮޑިއެއް ޖަހަން ތި އުޅެނީ

    8
    1
  2. ޑެނީ

    ސުޕޯރޓްސް އެވޯޑް އޮންލައިން މިހާރަށް ދިން ގޮތެއް ވިސްނާ ވިސްނާ ނުވިސްނުން

    8
    2
  3. ލޮލް

    އަނެއްކާާލާރިގަޑެއްކާލީ

    8
    1
  4. އަބްދޫ

    ގައުމުގެ ހާލަތު ދަށުދަރަޖަ އަކަށް ވެއްޓިފައިވާ މިފަދަހާލަތުގަ ދަރަނި ނަގައިގެން ގައުމު ހިންގާއިރު މިފަދަ ބޭކާރު ހަރަދުަކަށް ގިޔާމަތް ދުވަހު ޒިންމާ އުފުލަންޖެހޭނެ.

  5. މެހޭ މެހި

    ސްޕޯރޓްސް އެވޯރޑް އޮފް ދަ އިޔަރ ކިޔާފައި މިއިންނަނީ ހުސް ތަނެއް. ކޮންއަހަރެއްގެ ސްޕޯޓްސް އޮފްދަ އިޔަރ؟ނުވަތަ އިޔަރސް ތަ؟ ތިން އަހަރުގެ ޑޭޓާ އެސޯސިއޭޝަން ތަކުން އެއްކޮއްފަ މަސްހުނި މޮޑެފަ ބޭއްވި ސެލެބްރިޓީ އިވެންޓެއް، އިވެންޓް ތަކަކީ މި ސިޔާސީމީހުން ނައް މަންފާ ހޯދޭއެއްޗެއްކަމައްވަނީ. މިވަރުގެ ބޮޑުހޭދައެއް ސަރުކާރު ބަޖެޓުން ކުރި އިރު، މި އިވެޓްގެ ނަން ފުރިހަމަ ކުރާނެ ގޮތެއްވެސް ނެތް. ކުޅިވަރުތައް ކުރީ ހުއްޓިފައި ކޮވިޑްގެ ހާލަތާހެދި ކަން އެންމެންނައް އިގޭއިރު ވެސް މި ކަންތައް ކޮއްލީ ދޯ. އިންސާފު މީ އަދި ކޯޗެއްކަންވެސް ނޭންގޭ. އަމިއްލަ އެދުން މާބޮޑީ. ވަރަށް ސަލާމް

  6. ހަސަން

    ރާއްޖޭ ގާ ފުޓްސެލް ނުކުޅެނީބާ. މި ދިޔަ 15 އަހަރު ކުލަބް މޯލްޑިވްސް އިން ކުރީ ބޭކާރު ކަމެއްބާ

  7. ހަމީދު

    ގިނަ އަދަދެއްގެ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ގެނެސްގެން ބަޖެޓުން 30 މިލިއަން ރުފިޔާ ހަރަދުކޮށް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ބާއްވައިފި އެވެ.

  8. އަބްދޫ

    ގައުމަށް ގެއްލުން ހުރިކަމެއް.ތިޔައީ. ކުޅިވަރު ކުރިޔަށް ގެންދަން ބޭނުންނަމަ ފުރަތަމަކުރަންޖެހޭ ކަމަކީ އެވޯޑް ދނުމެއްނޫން އެވޯޑް ދިނަކަސް ކުޅިވަރުކުރި ނާރާނެ. ކުރަނޖެހޭ ކަމަކީ ކްލަބްތައް ދަރަނިވެރި ނުވެ ހިންގޭނެގޮތެއްހޯދުން، ރާއްޖެ ކަހަލަ ގައުމަކުނމެޗްކުލެގެން ލިބޭ އާމަދަނިއަކުން ކްލަބް ނުހިންގޭނެތީކްލަބްތަކަށްއާމްދަނީ ލިބޭނެ ގޮތްތަކެއް ސަރުކާރުގެ އެހީތެރިކަމާއެކު ގާއިމްކޮށްދިނުން. ދަވލްތުގެ އެހީތެރިކަމާއެކު ދުނިޔޭގެ ކުރިއަރާފައިވަގައުމުތަކުން ދިވެހި ކްލަބްތަކަށް އެހީލިބޭނެ ގޮތްތަކެއްހަމަޖެއްސުން. ތިޔައެވޯޑަކީ މަހްލޫފް އަމިއްލަ މަންފާއަށް ކުރާކަމެއްކަމުގާދެކެން.