މެންޗެސްޓަރ ޔުނައިޓެޑުގެ އެތެރޭގެ ބޮޑެތި މަައްސަލަ ހައްލުކުރަން އެ ޓީމުގެ އާ ކޯޗު އެރިކް ޓެން ހަގް ފުރަތަމަ ޖެހޭނީ ޓީމުގެ "އޯޕަން ހާޓް ސާޖަރީ" އެއް ކުރަންކަމަށް ޔުނައިޓެޑުގެ ވަގުތީ ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.

ދަށް ކުޅުމެއް ދައްކަމުން އަންނަ ޔުނައިޓެޑުގެ ދާއިމީ ކޯޗަކަށް ނެދަލޭންޑްސްގެ ޓެން ހަގް އަައްޔަނުކުރާނީ މި ސީޒަން ނިމުމުންނެވެ.

ރަންގްނިކް ބުނީ ޔުނައިޓެޑު ކާމިޔާބީއާާއި ހިސާބަަށް ވާސިލުވާން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ރަނގަޅު ފެންވަރުގެ ކުޅުންތެރިންނާއެކު ކާމިޔާބީ ހާސިލްކުރަަން ބޭނުންވާ ކުޅުންތެރިން ހިމެނޭ ސްކޮޑެއް އާ ކޯޗު އެކުލަވާލުން ކަމަށެވެ.

"ޓީމުގެ އެތެރޭގައި ދޫވެފައިހުރި އިސްކުރުތައް ބާރުކުރަން ގިނަ މަސައްކަަތްކުރަން ޖެހޭ، އަަޔެކްސްގައި އެހާ ކާމިޔާބު މަސައްކަތެއް ކޮށް، މި ކުލަބު (ޔުނައިޓެޑު) ވަރުގަދަކުރާ ނަމަ ޖެހޭނީ އެންމެ ފުނަށް ދާން، އެއީ އޯޕަަން ހާޓް ސާޖަރީއެއް" ރަންގްނިކް ބުންޏެވެ.

ޔުނަައިޓެޑާއި ހަވާލުވާ ކޯޗުންގެ ފެންވަރު ދަށްކަމަށް ގަބޫލުނުކުރާކަން ފާހަގަކޮށް ރަންގްނިކް ބުނީ މިހާތަނަަށް ވެސް ޓީމުގެ އެތެރޭގަައި އޮތީ އެންމެ މައްސަލައެއް ކަމަށާއި އެކަން ހައްލުވެއްޖެ ނަމަ އެހެން ކަންކަން ވަރަށް ފަސޭހައިން ހައްލުވާނެ ކަމަށެވެ. ނަމަވެސް ވަކި ކަމެއް ރަންގްނިކް ބުނެފަައެއް ނުވެއެވެ.

"އެއް އަހަރު ދުވަހުގެ ތެރޭގައި އެކަން ވެދާނެ. އެހެން ކްލަބްތަކުން ދައްކާފައި އެބަތިބި ތިން ޓްރާންސްފާ ވިންޑޯގެ ތެރޭގައި އެއީ ކުރެވޭނެ ކަމެއްކަން" ރަންގްނިކް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު