17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ 17 އަހަރުން ދަށުގެ ޓީމު ސްރީލަންކާއަށް ފުރައިފިއެވެ.

ޖުމްލަ 23 ކުޅުންތެރިންނާއި، އޮފިޝަލުން ހިމެނޭ ގައުމީ 17 އަހަރުން ދަށުގެ ޓީމު ލަންކާއަށް ރޭ ފުރާފައިވާއިރު، ޓީމަށް ގްރޭޓާ މާލެ ސަރަހައްދުން ހިތްވަރު ދީފައި ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިސްވެރިންނެވެ.

މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ލަންކާގައި އޮންނަ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ފަސް ޓީމަކުން ވާދަކުރެއެވެ. އެއީ އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި ސްރީލަންކާއެވެ.

ގައުމީ 17 އަހަރުން ދަށުގެ ޓީމު ލަންކާއަށް ފުރުން -- ފޮޓޯ: އެފްއޭއެމް

މުބާރާތުގައި ހިމެނޭ ހަ ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ރާއްޖެ ލައްވާލާފައި ވަނީ ލަންކާގެ އިތުރުން ބަންގްލަދޭޝްއާއެކު ގްރޫޕް "އޭ" ގައެވެ. ގްރޫޕް "ބީ" ގައި ހިމެނެނީ އިންޑިއާ، ނޭޕާލް އަދި ބޫޓާންއެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ ހަތް ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ނިކުންނައިރު، ދެވަނަ މެޗުގައި ނުވަ ވަނަ ދުވަހު ނިކުންނާކީ ލަންކާއާ ދެކޮޅަށެވެ.

މި މުބާރާތުގެ ސެމީން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ހޯދާ ޓީމަކަށެވެ. މުބާރާތުގެ ސެމީގެ މެޗުތައް މި މަހުގެ 12 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން މިހާތަނަށް ހަަތަރު ފަހަރު ވާދަ ކޮށްފައިވާއިރު، އެއްވެސް ފަހަރެއްގައި ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ދެވިފައެއް ނުވެއެވެ. އަދި މިއީ 2018 ވަނަ އަހަރުގެ ފަހުން ރާއްޖެއިން މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮގުބާ

    ލަނޑް ގޯތްޏެއް ހިފައިގެން ރާއްޖެ އައީމަ ބުނާނެ ވަރަށް ބޮޑް ކާމިޔާބެއް ލިބިއްޖެ ބަލިވީމަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ކާމިޔާބު ލިބޭގައުމަކަށް ރާއްޖެ އެކަނި އޮންނާނީ