ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލް ބަލިކޮށް ދެކުނު ކޮރެއާ ދެވަނަ ބުރަށް ދިޔަ އިރު، އުރުގުއާއީ ސަޕޯޓަރުން މެޗުގެ ނަތީޖާގެ އިންތިޒާރުގައި ތިބެން ޖެހިއްޖެއެވެ.

އުރުގުއާއީ އާއި ގާނާ ބައްދަލުކުރާ މެޗުގައި ކުރީގައި އޮތީ 2-0 އިން އުރުގުއާއީއެވެ. އުރުގުއާއީ ދެވަނަ ބުރަށް ދާން ބޭނުން ނަމަ، މި މެޗުގައި އެއް ލަނޑު އަދި ޖަހަން ޖެހޭނެއެވެ.

މިހާރު އިތުރު ވަގުތުގެ ގޮތުގައި އަށް މިނެޓު ވަނީ ދައްކައިފައެވެ.