މިއަހަރުގެ ވޯލްޑްކަޕްގް ގުރޫޕް ސްޓޭޖުގެ 48 މެޗު ބެލުމަށް 2.45 މިލިއަނަށްވުރެ ގިނަ މީހުން ހާޒިރުވި ކަމަށް ފީފާއިން ބުނެފިއެވެ.

މިއީ 2018 ވަނަ އަހަރުގެ ރަޝިއާގެ ވޯލްޑްކަޕުގެ މެޗުތައް ބަލަން ހާޒިރުވި މީހުންގެ އަދަދަށް ވުރެ އިތުރު އަދަދެއް ކަމަށް ފީފާއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.

ފުރަތަމަ ބުރުގެ މެޗުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ވަދެފައިވަނީ ލުސައިލް ސްޓޭޑިއަމްގައި ކުޅެވުނު އާޖެންޓީނާއާއި މެކްސިކޯ ބައްދަލުކުރި މެޗަށެވެ. މި މެޗު ބެލުމަށް 88،996 މީހުން ވަދެފައިވެއެވެ. ލުސައިލް ސްޓޭޑިއަމް އަކީ މުބާރާތުގެ ފައިނަލްވެސް ކުޅޭ ސްޓޭޑިއަމްއެވެ.

އަދި މީގެ އިތުރުން ދޯހާގައި ހުންނަ ފީފާ ފޭން ފެސްޓިވަލަށް 1 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. ފޭން ފެސްޓިވަލަކީ މުބާރާތުގެ މެޗުތައް ލައިވްކޮށް ބެލުމަށް ސަޕޯޓަރުން އެއްވާ ތަނެކެވެ. ފޭން ފެސްޓިވަލް ތައާރަފް ކޮށްފައިވަނީ 2006 ވަނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވި ވޯލްޑްކަޕްގައެވެ.

މިހާތަނަށް އެންމެ ގިނަ މީހުން ޒިޔާރަތްކޮށްފައިވަނީ ސައުދީ އަރަބިއްޔާއިންނެެވެ. އެގައުމުން 77،000 މީހުން ޒިޔާރަތްކޮށްފައިވާ އިރު އިންޑިއާއިން ވަނީ 56893 މީހުން ޒިޔާރަތް ކޮށްފައެވެ. 1 މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރާކަމަށް ނޮވެމްބަރް 20 ވަނަ ދުވަހު ވޯލްޑްކަޕް ފެށުމުގެ ކުރިން ޤަތަރުން ބުނެފައިވެއެވެ.

ޓީވީ އިން މެޗު ބެލި މީހުންނަށް ބަލާއިރު، ޖަޕާނާއި ކޮސްޓަރިކާ ބައްދަލުކުރި މެޗު ވަނީ 36 މިލިއަން މީހުން ބަލާފައެވެ. އަދި އިންގްލެންޑާއި އެމެރިކާ ބައްދަލުކުރި މެޗަކީ އެމެރިކާގެ ޓީވީގެ ތާރީހުގައިވެސް އެންމެ ގިނަ މީހުން ބެލި ފިރިހެނުންގެ ފުޓްބޯޅަމެޗެވެ.

މިއަހަރަކީ 2002 ވަނަ އަހަރުގެ ފަހުން ހުރިހާ ބައްރަކަށް ނިސްބަތްވާ ގައުމުތައް ގަދަ 16 ގައި ހިމެނުނު ފުރަތަމަ ފަހަރުކަމަށްވެސް ފީފާއިން ބުނެއެވެ. މީގެ ކުރިން އެފްރިކާގެ ދެ ގައުމު ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ 2014 ވަނަ އަހަރު އެކަންޏެވެ. މިފަހަރު ސެނެގާލް އާއި މޮރޮކޯ ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

އަދި މި ފަހަރަކީ އޭޝިއާގެ ފުޓްބޯޅަ ކޮންފެޑެރޭޝަންގެ ތިން ގައުމު ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރު ކަމަށްވެސް ފީފާގެ ރިޕޯޓްގައި ވެއެވެ. އެގޮތުން ދެކުނު ކޮރެއާ އާއި، ޖަޕާނާއި އޮސްޓްރޭލިއާ ވަނީ ގަދަ 16 އިން ޖާގަ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ޔޫރަޕް ގައުމުތަކުން ބުނަނީ މީހުން ވޯލްޑްކަޕަށް ދަނީ މޯކުޅިކުޅެންކަމަށް. މިހާރު އެބަ އިނގޭ މޯކުޅި އެއީ ފުޓްބޯޅަޔާ ބެހޭ އެއްޗެއްނޫންކަން.

    7
    1
  2. ރަން ރީނދޫ

    ނޯބޮޑީ މިސްޑް ދަ އެލްޖީބީޓީ. މޯކުޅި މީހުން ބޮއިކޮޓް ކުރަން ގޮވީމަ،ބަޔަކު އަޑެއްނޭހިތާ. ކެކެކެ

  3. ޏނ

    އަހަރުން ތިޔަށް ކިޔަށް ކިޔަނީ ގިރިކުޅި މިހާރު