މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރާ “މެންޗެސްޓާ ޑާބީ” މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފޯރިގަދަ އަދި އެންމެ ގިނަ ބަޔަކު ބަލާ އެއް ކުރިމަތިލުމެވެ.

ހުރިހާ ގޮތަކުން ވެސް ހާއްސަ މި މެޗަށް ދެ ޓީމުން މިއަދު ނުކުންނަ އިރު މި ދެޓީމަކީ ޕްރމިއަރ ލީގުގެ ތާރީޚުގައި ވަރަށް ވާދަވެރި މާޒީއެއް އޮތް ދެ ޓީމެވެ. މި ސީޒަނުގައި ދެވަނަ ފަހަރަށް ޔުނައިޓެޑާއި ސިޓީ ބައްދަލުކުރާއިރު، މި މެޗުވެގެންދާނީ ލީގުގައި ކުރި ހޯދުމަށް ދެ ޓީމަށްވެސް މޮޅުވުން މުހިންމު މެޗަކަށެވެ.

ޔުނައިޓެޑުގެ މިހާރުގެ ތަރިންނަކީ އެ ޓީމާއި މިދިޔަ ހޫނު މޫސުމުގައި ގުޅުނު ބްރެޒިލްގެ އެންޓޮނީއާއި، އެރިކްސަން އަދި ޑިފެންޑަރު މާޓިނޭޒްއެވެ. މީގެ އިތުރުން ރަނގަޅު ފޯމެއްގައި ތިބި މާކަސް ރަޝްފޯޑާއި އެންތަނީ މާޝިއަލް ވެސް ފާހަގަކޮށްލެވެއެވެ.

ޔުނައިޓެޑު ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅުވެފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލްގެ ފަސް ވަނާގައެވެ.

މިއަދު ޔުނައިޓެޑާއި ދެކޮޅަށް ނިކުންނަ މެންޗެސްޓަރ ސިޓީއަށް ބަލާއިރު، ސިޓީއަކީ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އަދި މިފަހަރުގެ ސީޒަން ސިޓީން ފެށީ ވެސް ވަރުގަދަކޮށެވެ. ޑޯޓްމަންޑް ދޫކޮށް ސިޓީއާ ގުޅުނު ހާލަންޑް އަކީ ސިޓީގެ އެންމެ ވަރުގަދަ ހަތިޔާރެވެ. ދިގު އިސްކޮޅެއް ހުނަން ނޯވޭއަށް އުފަން ހާލަންޑް ވެގެން ދާނީ މިއަދުގެ މެޗުގައި ޔުނައިޓެޑަށް ކުރިމަތިވާނެ އެންމެ ބޮޑު ނުރައްކަލަށެވެ. ހާލަންޑް ވަނީ އެންމެ ފަހުން ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ހެޓްރިކް ހަދާފައެވެ.

ސިޓީން މިހާތަނަށް އައިއިރު، ކުޅުނު 17 މެޗުން ލިބުނު 39 ޕޮއިންޓާއި އެކު އޮތީ ތާވަލުގެ ދެވަނާގައެވެ. ޔުނައިޓެޑް ކުޅުނު 17 މެޗުން 35 ޕޮއިންޓް ހޯދައިގެން އެޓީމު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. އެހެންކަމުން މި ދެ ޓީމު އޮތީ ޖުމުލަ ހަތަރު ޕޮއިންޓުގެ ތަފާތެއްގައެވެ.

މިއަދުގެ ޑާބީ މެޗަކީ މި ދެޓީމުގެ މެދުގައި ކުޅެވޭ 189 ވަނަ ޑާބީ މެޗަށެވެ. މީގެ ތެރެއިން 58 ފަހަރު މެންޗެސްޓަރ ސިޓީ ކުރި ހޯދާފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑް ވަނީ 77 ފަހަރު ކުރި ހޯދާފަ އެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލު ކުރި މެޗުގައި މި ދިޔަ މާޗު މަހު ސިޓީ އިން ވަނީ ޔުނައިޓެޑް 6-3 އިން ބަލިކޮށްފައެވެ.

މެންޗެސްޓާ ޔުނައިޓެޑް އަދި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މި ޑާބީ މެޗު ފަށާނީ މިއަދު ރާއްޖޭ ގަޑިން ހަވީރު 17:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިރާސާ

    މެންޗެސްޓަރ ސިޓީ މިސީޒަން ފަށައިގެން ކުޅެމުން އައި ކުޅުމަށް ބަދަލުތަކެއް އައިސް އެކުޅުން ގެއްލި ހިނގައްޖެ.
    މިހާރު ފެންނަނީ ޢާދައިގެ ޓީމްތައް ކައިރިން ބަލިވެގެންދާތަން. ގާޑިއޯލާ؛ ޓީމްގައި މާގިނަ ދުވަސް ވީހެން ހީވަނީ.