ވާދަވެރި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ އިޓާލިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން އިންޓަ މިލާން ހޯދައިފިއެވެ.

އިޓާލިއަން ސުޕަ ކަޕްގައި މިލާނުން ވާދަވެރި އޭސީ މިލާން ބަލި ކުރީ ފުރަތަމަ ހާފުގައި ފެޑެރިކޯ ޑިމާކޯ އާއި އެޑިން ޒެކޯ ޖެހި ގޯލުންނެވެ. ކޮޕާ އިޓާލިއާ ޗެމްޕިއަން ޓީމާއި ސީރިއާގެ ޗެމްޕިއަނުންގެ ކުރިމަތިލުން ކުޅުނީ ސައުދީ އަރަބިއްޔާގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ.

"ލެޑްސް ގައި އޮތީ ވަރަށް ފުރިހަމަ އެޕްރޯޗެއް، އަހަންނަކީ އަބަދުވެސް ތޫނު އަދި ހަރުދަނާ ބައެއް. ސީޒަންގެ ފުރަތަމަ ޓާގެޓަކީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓުން ޖާގަ ހޯދުން، ދެ ވަނަ ޓާގެޓަކީ މި ޓްރޮފީ، އެހެންވީމަ ކޯޗަކަށް މި މަންޒަރު ފެނުމަކީ ވަރަށް އުފާވާ ކަމެއް،" ސްޕޯޓް މީޑިއާސެޓަށް ދިން އިންޓަވިއުއެއްގައި އިންޓަގެ ކޯޗު ސިމޯން އިންޒާގީ ބުންޏެވެ.

މެޗަށް ފަހު މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ ކުޅުންތެރިންގެ ފެންވަރު އެނގޭތީ މިއަށް ވުރެ ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރި ކަމަށެވެ. ނަމަވެސް އެ މަންޒަރު މެޗުން ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

މި ނަތީޖާއަކީ 1977 ވަނަ އަހަރު ކޮޕާ އިޓާލިއާ އާއި 2011 ވަނަ އަހަރު އިޓާލިއަން ސުޕަ ކަޕް ގެއްލުނު އިޓާލިއަން ކަޕްގެ ފައިނަލުގައި މިލާން އަތުން އިންޓަ މޮޅުވި ފުރަތަމަ ފަހަރެވެ.