އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ކްރިސްޓަލް ޕެލެސް ބައްދަލު ކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.

ކްރިސްޓަލް ޕެލެސްގެ ސެލްހާޓްސް ޕާކް ސްޓެޑިއަމްގައި މި ދެޓީމު ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗުގެ 43 ވަނަ މިނެޓުގައި އެރިކްސަންގެ ހުރަހަކުން މި ލަނޑު ކާމިޔާބު ކޮށްދިނީ ބުރޫނޯ ފެނާންޑޭޒެވެ.

ފުރަތަމަ ހާފުގައި ވެސް ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުން ފެނިގެން ދިޔައެވެ.

މިމެޗުގައި ތިން ރީނދޫ ކާޑުފެނިގެން ދިޔައިރު މީގެން ދެކާޑު ދައްކާފައި ވަނީ ޔުނައިޓެދުގެ ލިސާންޑޯ މާޓިނޭޒްއަށާއި ކަސަމީރޯއަށެވެ. ކިރިސްޓަލް ޕެލަސްގެ ހަމަ އެކަނި ކާޑު ދައްކާފައިވަނީ އެޓީމުގެ ވިލް ހުގޭޒްއަށެވެ. މިމެޗުގައި ކަސަމީރޯއަށް ދެއްކި ރީނދޫ ކާޑާއެކު އޭނާއަށް އާސެނަލްއާ ދެކޮޅަށް ޔުނައިޓެޑުން ކުޅޭ މަޗުގައި ނުކުޅެވޭނެއެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 90 މިނެޓު ހަމަ ވެގެން ދެއްކި އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމެއްގައި މައިކަލް އޮލިސްއެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑް އަދިވެސް އޮތީ 39 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައެވެ. ދެވަނައިގައި ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން އެކަމަކު ލަނޑުގެ ތަފާތުން ކުރީގައި އޮތީ މެންޗެސްޓާ ސިޓީއެވެ. ތާވަލްގެ އެއްވަނައިގައި 47 ޕޮއިންޓްގެ ބޮޑު ލީޑަކާ އެކު އޮތީ އާސެނަލްއެވެ.

މިމެޗުގެ ފުރަތަމަ 11ގައި އެންމެފަހުން ޔުނައިޓެޑާއި ގުޅުނު ވޯޓް ވެގްހޯސްޓަށް ވަނީ ފުރުސަތުދީފައެވެ. ފުރަތަމަ ހާފުގައި އޭނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔަ ކަމުގައި ވީނަމަވެސް މަޗުގެ 69ވަނަ މިނެޓުގައި ވަނީ ބަދަލުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު