ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްއިން) ހަތް އެތްލީޓުންނަށް ސްޕޯޓްސް ސްކޮލާޝިޕް ދީފި އެވެ.

މިއީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހިންގުނު މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ތައާރަފް ކުރި ސްކޮލާޝިޕްތަކެކެވެ.

ބީއެމްއެލްއިން ބުނީ އެ ސްކޮލާޝިޕް ހުޅުވާލެވުނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

އެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ސްކޮލާޝިޕް އަށް ހޮވުނު އެތުލީޓުން އިއުލާންކުރަން މިއަދު ހެނދުނު މާލެ ޓޭބަލް ޓެނިސް ހޯލުގައި ކުރިޔަށް ދިޔަ ހަފްލާގައި އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ، ކާލް ސްޓުމަކް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުން އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަންގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.

ސްކޮލާޝިޕް ލިބުނު އެތުލީޓުން:

  • މަރިޔަމް ރޫޔާ އަލީ - އެތްލެޓިކްސް
  • މުހައްމަދު މިންހާލް ޝާމިން - އެތްލެޓިކްސް
  • މުހައްމަދު ސާމިލް އަބްދުލް ސަމަދު - ބެޑްމިންޓަން
  • ޝުބާ މުހައްމަދު ޝަރީފް - ބެޑްމިންޓަން
  • ފާތިމަތު ޖުމާނާ ނިމާލް - ޓޭބަލް ޓެނިސް
  • މޫސާ މުންސިފް އަހުމަދު - ޓޭބަލް ޓެނިސް
  • ލަޔާން މުހައްމަދު ޝާމިން - ޓެނިސް

ބީއެމްއެލްއިން ބުނީ އެ ސްކޮލާޝިޕަށް ހުޅުވާލެވުނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ކަމަށެވެ. އަދި ސްކޮލާޝިޕަށް އެތްލީޓުން ހޮވާފައިވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ކަމަށެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޯލްމަން

    2023 ކެންޕެއިން..ރައްޔިތުންގެ ލާރި ބަނޑު އަޅާލައިގެން....

  2. ސްކުން

    ބީ އެމް އެލް އިން ވެރިފައި ކުރިބާ ގައުމީ އެސޯސިއޭޝަންތަކުން ތިކަން ކުރީ ރަގަޅައްކަން. ޙަމގައިމުންވެސް ޓެނިސް އެސޯސިއޭޝަނނުން ތިކަންކުރީ މޭޒު އަޑިން