ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސް އަތުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެ، ތާވަލްގެ ތިންވަނައަށް ޖެހިލައިފިއެވެ.

މެންޗެސްޓާ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ޔުނައިޓެޑުންނެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ބުރޫނޯ ފެނާންޑޭޒުއެވެ. މި ޕެނަލްޓީ ލިބުނީ މެޗުގެ ފަސްވަނަ މިނެޓުގައި ކުރިސްޓަލް ޕެލަސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ވިލް ހުގެސް އަތުގައި ބޯޅަޖެހުމުގެ ސަބަބުންނެވެ.

ފުރަތަމަ ހާފު، ކުރީގައި އޮވެ ޔުނައިޓެޑް ނިމުނު ކަމުގައި ވިޔަސް ދެވަނަ ހާފުގައި މެންޗެސްޓާ އިން ވަނީ ލީޑު ފުޅާކޮށްފައެވެ. ލޫކު ޝޯގެ ހުރަހަކުން މެޗުގެ 62 ވަނަ މިނެޓުގައި ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފާޑުއެވެ.

ވާދަވެރި ކުޅުމެށް ފެނިގެންދިޔަ މި މެޗުގައި ޔުނައިޓެޑްގެ ކަސަމީރޯއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ކްރިސްޓަލް ޕެލަސްގެ ޖެފްރީ ސްކްލަޕް މެންޗެސްޓާގެ އެންތަނީ ކޮއްޕާލުމުން ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ކަސަމީރޯ ކިރިސްޓަލްގެ ވިލް ހުޖެސް ކަރުގައި ހިފުމުންނެވެ.

މި މެޗުގައި މެންޗެސްޓާ އާ އެންމެ ފަހުން ގުޅުނު މާކަލް ސެބިޓްޒާއަށް ވަނީ ފުރުސަތު ދީފައެވެ. ބަޔާން މިޔުނިކުން ލޯނެއްގައި މެންޗެސްޓާ އަށް ބަދަލުވި މެދުތެރެއަށް ކުޅެމުން އަންނަ މާކަލް އަރާފައި ވަނީ އެންތަނީގެ ބަދަލުގައި މެޗުގެ 81 ވަނަ މިނެޓުގައެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ކްރިސްޓަލްއަށް ލިބުނު ކޯނަރުގެ ބޭނުން ހިފާ އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޖެފްރީ ސްކްލަޕްއެވެ.

މައިކަލް އޮލިސް ނަގާދިން ކޯނަރު މެންޖެސްޓާގެ މާޓިނޭޒް ބޮލުން ޖަހާ ގޯލާ ދުރަށް ފޮނުވާލި ނަމަވެސް ކުރިސްޓަލްގެ އޮއުމަރް ޑައުކޮއުރު ދެވަނަ ފަހަރަށް އޭރިޔާ ތެރެއަށް ނަގައި ދިން ހުރަހަކުންނެވެ.

މި ނަތީޖާ އާއެކު ކުރިސްޓަލް ޕެލަސް އޮތީ ކުޅުނު 21 މެޗުން ލިބުން 24 ޕޮއިންޓާއެކު ތާވަލުގެ ބާރަ ވަނައިގައެވެ. މެންޗެސްޓާ ޔުނައިޓެޑު ކުޅުނު 21 މެޗުން ލިބުނު 42 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ އަށް ވަނީ ޖެހިލައިފައެވެ.