ތުރުކީއަށް އައި ބިންހެލުމުގައި ނިއުކާސަލްގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ ކްރިސްޓިއަން އަޓްސޫ ގެއްލިއްޖެއެވެ.

ތުރުކީވިލާތައް ފަތިހު އައި ބިންހެލުމަށްފަހު މިހާތަނަށް ހަތަރު މެގްނެޓިއުޑަށްވުރެ ބާރުމިނުގެ 38 ބިންހެލުން އެސަރަހައްދަށް އައިސްފައިވެއެވެ. އެންމެ ފުރަތަމަ 7.8 މެގްނެޓިއުޑް ބާރުމިނުގައި އައި އެ ބިންހެލުމަށްފަހު 7.5ގެ ބިންހެލުމަކާއި 6.0ގެ ބިންހެލުމެއް އައިސްފައި ވެއެވެ.

ގާނާގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިޔާ ކްރިސްޓިއަން އަޓްސޫ ތުރުކީއަށް އައި ބިންހެލުމާ ގުޅިގެން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑާއި އެވަޓަން އަދި ޕޯޓޯއަށް ކުޅެފައިވާ އުމުރުން 31 އަހަރުގެ އަޓްސޫ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ތުރުކީ ސުޕަ ލިގްގައި ހަޓައިސްޕޯރަށް ގުޅުމަށްފަހު ޓާކިޝް ސުޕާ ލީގްގައި ކުޅެފައެވެ.

އަޓްސޫ ފަސް އަހަރު ހޭދަކުރި ނިއުކާސަލް ޔުނައިޓެޑުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ހެޔޮ ހަބަރެއް ލިބުމަށް ދުއާ ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު