އިނގިރޭސި ވިލާތުގެ އެންމެ މުއްސަނދި ކުލަބު، މެންޗެސްޓާ ޔުނައިޓެޑު ގަތުމަށް ގަތަރުގެ އަމީރެއް ކަމުގައިވާ ޝޭހް ޖާސިމް ބިން ހަމަދް އަލް ތާނީ ހުށަހަޅުއްވައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ހުށައެޅުމަކީ މުޅި އެކުލަބް ގަތުމަށް ހުށައަޅާފައިވާ ހުށައެޅުމެކެވެ. އެގޮތުން ޓީމުގެ ފަރިތަކުރުންތަށް ކުރިޔަށް ގެންދާ ތަންތަނާއި، ރަސްމީ ސްޓޭޑިއަމްގެ އިތުރުން ކުލަބުން އެހީވަމުން އަންނަ އިޖުތިމާއީ ކަންކަންވެސް ހިމެނެއެވެ. ޝޭހް އަލް ތާނީ ވަނީ ކުލަބުގެ އަގު ހިފަހައްޓާ މިހާރަށް ވުރެ ވެސް ކުލަބު ކުރިއަރުވާ ސަޕޯޓަރުން އުފާކޮށްދޭނެ ކަމުގައި ބުނެފައިވެއެވެ.

މި ހުށައެޅުމުގެ އިތުރުން މި ކުލަބު ގަތުމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ވިޔަފާރިވެރިޔާ ސަރ ޖިމް ރެޓްކުލިފެވެސް ވަނީ ހުށަހަޅައިފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސަރ ޖިމް އަކީ ފެށުނީއްސުރެ ކުލަބުގެ ސަޕޯޓަރެކެވެ. އަދި މީގެ އިތުރުން ސަރ ޖިމްގެ ކުންފުނިން ވަނީ ދިގު މުއްދަތުގެ މަޝްރޫތަކެއްވެސް ކުލަބައް ތައްޔާރު ކޮށްފައެވެ.

ކުލަބު ގަތުމަށް ބިޑުތަށް ހުށައަޅާކަން އިނގިރޭސި މީޑިއާތަކުން ރިޕޯޓު ކުރިނަމަވެސް، ކުލަބުން އަދި ރަސްމީ ގޮތެއްގައި މިކަން ހާމަ ކޮށްފައެއް ނުވެއެވެ. ނިމިދިޔަ ސީޒަނުގައި ކުލަބުގެ ނަތީޖާތައް ދަށްވެ، ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުމުން ކުލަބުގެ ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑަށް ފާޑު ކިޔުންތަށް އަމާޒުވިއެވެ. އެއާއެކު ކުލަބު ވިއްކާލަން އުޅޭކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު