ނޯމަޑްސް ސްޓްރީޓް ކަޕް 2023 މާޗް މަހުގެ 24 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

މިއީ މި ކުޑަ ގޯލަށް ކުޅޭ ފުޓްސަލް މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. އެންމެފަހުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މަސްއޮޑި ޓައިޓަންސްއެވެ.

ޕީކޭ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަން ދާ ޓީމަކަށް 30000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ދާ ޓީމަކަށް 15،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރޯދަ މަހުގައި ބާއްވާ މުބާރާތަކަށްވާއިރު، މި މުބާރާތް ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދާ ކަމަށް ފާހަގަ ކޮށްލެވެއެވެ. މި މުބާރާތުގައި 32 ޓީމު ބައިވެރިވެފައިވާއިރު، މި މަހު 12 ގައި ޓީމުތަކުގެ މެދުގައި ގުރުލުން ކުރިއަށް ގެންގޮސްފައިވެއެވެ.

ހަމައެހެންމެ، ރޯދަ މަހުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު ނޯމަޑްސް ސްޓްރީޓް ކަޕަކީ މާލޭގައި ރޯދަ މަހު ބާއްވާ އެންމެ ފާހަގަ ކޮށްލެވޭ މުބާރާތެވެ. މިދިޔަ އަހަރުގެ ވެސް މި މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި ފާހަގަ ކޮށްލެވޭ ނަން މަޝްހޫރު މޮޅު ކުޅުންތެރިން ވަނީ ފެނިގެންގޮސްފައެވެ. އޭގެ އިތުރުން ޒުވާން ކުޅުންތެރިންގެ ހުނަރު މި މުބާރާތުން ފެންނަ ކަމަށް ފާހަގަ ކޮށްލެވެއެވެ.