ޕިިއޮންޓީ ނެޓްބޯލް އެކަޑަމީގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

މި އެކަޑަމީއަކީ 370 އަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު ކުރިއަށް ގެންދާ ނެޓްބޯޅަ އެކަޑަމީއެކެވެ.

ދިރާގުން ވިދާޅުވި ގޮތުގައި މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގުން ފިއޮންޓީ ނެޓްބޯލް އެކަޑަމީއިން ކޮންމެ އަހަރަކު އިންތިޒާމްކޮށް ކުރިއަށްގެންދާ 'ނެޓްބޯލް ފިއެސްޓާ' ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން 12 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ ކުދިންގެ އިންޓަރ-ސްކޫލް ނެޓްބޯޅަ މުބާރާތްތައް ބޭއްވުމަށްވެސް އެ އެކަޑަމީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ދިރާގުން ވިދާޅުވެއެވެ.

"ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، ރާއްޖޭގައި ނެޓްބޯޅަ ކުރިއެރުވުމަށް އަމަލީގޮތުން އެއްބާރުލުންދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ޕާޓްނަރޝިޕް މެދުވެރިކޮށް އައު ހުނަރުވެރި ނެޓްބޯޅަ ކުޅުންތެރިންތަކެއް އުފެދި، މި ކުޅިވަރު އިތުރަށް ކުރިއަރާދިޔުން،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވިއެވެ.

ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ ފައުންޑަރ އައިޝަތު އާޒިމާ މުޖުތަމައުގެ ކުޅިވަރު ކުރިއެރުވުމަށް ދިރާގުން އަބަދުވެސް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާރޓްނަރޝިޕް މެދުވެރިކޮށް ޒުވާން ނެޓްބޯޅަ ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދިޔުމަކީ އުންމީދެއް ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.