ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރު މޭސަން މައުންޓް، މެންޗެސްޓާ ޔުނައިޓެޑަށް ސޮއި ކޮށްފިއެވެ.

މިއަދު މެންޗެސްޓަރ ޔުނައިޓެޑުން ވަނީ މޭސަން މައުންޑް އެކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާފައެވެ. މީޑިޔާ ރިޕޯޓުތަށް ބުނާ ގޮތުން މައުންޓް ޔުނައިޓެޑާއި އެކު ހެދި އެއްބަސްވުން ހަމަވާނީ 2028 ވަނަ އަހަރުއެވެ.

އުމުރުން 24 އަހަރުގެ މައުންޓް ޔުނައިޓެޑަށް ސޮއެ ކޮށްފައިވަނީ 55 މިލިއަން ޕައުންޑުގެ އަގަކަށެވެ. އަދި މީގެ އިތުރުން އެޑް އޮން ގެ ގޮތުގައި 5މިލިއަން ޕައުންޑް ލިބިގެންދާނެއެވެ. އަންނަ ސީޒަނަށް ކުޅުންތެރިން ހޯދުމަށް ޔުނައިޓެޑުން ކުރަމުން ގެންދާ މަސައްކަތުގައި މައުންޓް ހޯދުމަށް ގިނަ ދުވަސްތަކެށް ވަންދެން ޗެލްސީއާއި އެކު ދިޔައީ މަސައްކަތް ކުރަމުންނެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލު ވުމަށްފަހު މައުންޓު ބުނެފައި ވަނީ އެރިކް ޓެން ހާގް އާއި އެކު މަސައްކަތް ކުރުމަށް ތައްޔާރު ކަމަށާއި، ޗެލްސީ ދޫކޮށްލަން ނިންމި ނިންމުމަކީ އޭނާއަށް ފަސޭހަ ނިންމުމެށް ނޫން ކަމުގައެވެ. އަންނަ ސީޒަނުގައި ޓީމާއި އެކު ރަނގަޅު ކާމިޔާބީ ތަކެށް ހޯދުމަށް ތައްޔާރު ކަމުގައިވެސް މައުންޓް ބުނެފައިވެއެވެ،

މެންޗެސްޓަރ ޔުނައިޓެޑަށް މައުންޓް ގުޅުމާއި އެކު އެކުލަބުގެ ކުރީގެ ކުޅުންތެރިން ވަނީ އޭނާ އަށް މަރުހަބާ ކިޔާފައެވެ. ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން ފާޑިނެންޑު ފޭސްބުކުގައި ކުރި ޕޯސްޓެށްގައި ބުނެފައިވަނީ މައުންޓް ގުޅުމަކީ ޓީމަށް ލިބިގެންދާނެ ފައިދާއެއް ކަމުގައެވެ. ބޮޑެތި މެޗުތަކުގެ ތަޖުރިބާ ހުރި ކުޅުންތެރިއަކަށް މައުންޓް ވުމުން އޭގެ ފައިދާ ނެގޭނެ ކަމުގައެވެ.

ޗެލްސީގެ އެކަޑަމީއިން ފެށިގެން ޗެލްސީއަށް ކުޅެމުން އަންނަ މައުންޓް ވަނީ ޗެލްސީގެ ސީނިއާ ޓީމަށް ޖުމުލަ 129 މެޗު ކުޅެދީ 27 ގޯލު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ޗެލްސީއާއި އެކު ޗެމްޕިއަންސް ލީގާއި ކުލަބް ވޯލްޑް ކަޕްވެސް މައުންޓް ވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު