ފްރާންސް ފަސޭހަ މޮޅަކާއެކު ކުއާޓާ ފަައިނަލަށް ދަތުރުކޮށްފިއެވެ.

ގްރޫޕް ސްޓޭޖުގައި ފްރާންސް ބަލިނުވެ ކުޅުނު ނަމަވެސް ޖެމެއިކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި 0-0 އިން އެއްވަރުވުމުން އެޓީމަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. އެއަށް ފަހު ބްރެޒިލް އަތުން 2-1 އިން މޮޅުވެ، އޭގެ ފަހުން ޕެނަމާ އަތުން 6-3 އިން މޮޅުވެ ގްރޫޕް އެފްގެ ޗެމްޕިއަންކަން ހޯދި އެވެ. މޮރޮކޯގެ ޑެބިއު ވޯލް ކަޕްގައި ޖަރުމަނުން 6-0 އިން ބަލިވުމުން އުނދަގޫ ފެށުމެއް ފެށި ނަމަވެސް އެ ޓީމު ވަނީ ރަނގަޅުކޮށްފައެވެ. މޮރޮކޯ ވެގެން ދިޔައީ ތާރީހުގައި މުބާރާތުގައި ޖެހިޖެހިގެން މެޗުތަކުން މޮޅުވި ފުރަތަމަ އެފްރިކާ ގައުމެވެ.

ފުރަތަމަ ހާފްގައި ފްރާންސް އިން ވަނީ ތިން ލަނޑު ކާމިޔާބު ކޮއްފައެވެ. ފުރަތަމަ ލަނޑު ކާމިޔުބު ކޮއްދީފައިވަނީ މެޗްގެ 15 ވަނަ މިނެޓުގައި ފްރާންސްއިން ނެގި ހުރަހަކުން އުމުރުން 28 އަހަރުގެ ފޯވަރްޑް ކަޑިޑިއަޓޫ ޑިއާނޯ ބޮލުން ޖަހައި ލަނޑު ކާމިޔާބު ކޮއްފައެވެ. ޑިއާނޯ ވަނީ ޕެނަމާ އާ ދެކޮޅައް ކުޅުނު މެޗްގައި 3 ލަނޑު ކާމިޔާބު ކޮއް ހެޓްރިކް ފުރިހަމަ ކޮއްފައެވެ. ފަސް މިނެޓުފަހުން ފްރާންސް އިން ވަނީ މެޗްގެ ދެވަނަ ލަނޑު ކާމިޔާބު ކޮއްދީފައެވެ، މި ލަނޑު ކާމިޔާބުކޮއްފައިވަނީ ޑިއާނޯ އަރިމަތިން އޭރިޔާ ތެރެއައް ކަނޑާލި ހުރަހަކުން މެދުތެރެއައް ކުޅެމުން އައްނަ އުމުރުން 32 އަހަރުގެ ކެންޒާ ޑާލީ ވަރަށް ރީތި ހަމަލާއެއް ގޯލާ އަމާޒުކޮއް ފޮނުވާލައިގެން ލަނޑު ކާމިޔާބު ކޮއްދީފައެވެ. ފުރަތަމަ ހާފްގެ ފަހު ލަނޑު ކާމިޔާބު ކޮއްދިނީ ފްރާންސްގެ އުމުރުން 34 އަހަރުގެ ލެ ސޮމާއެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 3-0 ގެ ނަތީޖާއިން ފްރާންސް ކުރީގަ އޮވެގެނެވެ.

ދެވަނަ ހާފްގައި މޮރޮކޯ އިން ރަނގަޅު ކުރަން މަސައްކަތް ކުރި ނަމަވެސް ފްރާންސްެއިން ވަނީ ޕްރެޝާ އިތުރު ކޮށް ޓީމުގު ރޭވުންތެރިކަން ވަރަށް ފުރިހަމައައް އަދާ ކުރަމުންނެވެ. ދެވަނަ ހާފްގެ 70 ވަނަ މިނެޓުގައި ލެ ސޮމާގެ ރީތި ލަނޑަކުން މެޗް ނިމިގެން ދިޔައީ 4-0 ގެ ނަތީޖާއިން ފްރާންސް ކުރި ހޯދައިގެނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކައް ހޮވިފައިވަނީ ފްރާންސްގެ ލެ ސޮމާއެވެ.

ކުއާޓަގައި ފޮރާންސް ކުޅެން ހަމަޖެހިފައިވަނީ އޮޖަސްޓް މަހުގެ 12 ވަނަ ދުވަހު ބްރިސް ބޭން ސްޓޭޑިއަމްގައި އޮސްޓްރޭލިޔާއާއި ދެކޮޅަށެވެ.