ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗް ވޮލީބޯޅަ ޓުއާގައި ރާއްޖޭގެ އެއްވަނަ ޕެއާ، އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެ މުބާރާތުން ރިހި މެޑަލް ހާސިލްކޮށްފިއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އަށް ރިހި މެޑަލް ލިބުނީ ފައިނަލްގައި އިންޑިއާގެ ނިތިން އާއި ރާމާގެ ޕެއާ އަތުން ބަލިވުމުންނެވެ.

އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ފައިނަލުން ޖާގަ ހޯދީ، މިއަދު ކުޅުނު ސެމީގައި ބަންގްލަދޭޝްގެ ހޮރޮޝިޓް އާއި އަހުމަދުގެ ޕެއާ އަތުން 21-19، 27-25 އިން މޮޅުވެގެންނެވެ.

ފައިނަލް މެޗުން އެޑަމް އާއި ކުޑަކާއްޓެ ބަލިވީ ސީދާ ދެ ސެޓުންނެވެ. އެއީ، 21-19، 21-14 އިންނެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި އެޑަމް އާއި ކުޑަކާއްޓެ އަތުން ސެޓެއް ގެއްލި، ބަލިވި ފުރަތަމަ މެޗެވެ. މީގެކުރީން، މި ދެ ކުޅުންތެރިންނާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި އެޑަމް އާއި ކުޑަކާއްޓެ ވަނީ މޮޅުވެފައެވެ.