ރާއްޖޭގެ އެއްވަނަ ކުޅިވަރުގެ ގޮތުގައި ޒަމާނުއްސުރެ ފާހަގަ ކުރެވެމުން އަންނަނީ ފުޓުބޯޅައެވެ. ދިވެހިން އެއްބައިވަންތަ ކުރުވި ކުޅިވަރުގެ ގޮތުގައިވެސް ފާހަގަ ކުރެވެނީ ފުޓުބޯޅައެވެ. 2000ގެ ކުރީކޮޅުން ފަށައިގެ ފަހަކާއި ޖެހެންދެން ތުއްތު ދަރިފުޅަށް ފުރަތަމަ ގަނެދޭ ހަދިޔާގެ ގޮތުގައި ވެފައި ވަނީ ފުޓުބޯޅައެކެވެ. ސުކޫލު ތަކުގައިވެސް ފިރިހެން ކުދިންނަށް ހާއްސަ ވެފައި އޮތީ ފުޓުބޯޅައެވެ. އެހެން ނަމަވެސް ޒަމާން ބަދަލުވެ މިހާރު ފުޓުބޯޅަ އަކީ ދެ ޖިންސުގެ ހުރިހާ އުމުރެށްގެ ދިވެހިންވެސް ބައިވެރި ވަމުން އަންނަ ކުޅިވަރަށް މިވަނީ ވެފައެވެ.

ގޭދޮށުގައި ފައިވާނުން ގޯލު ހަދައިގެން ކުޅެން ފެށި ކުދިން ގައުމީ ލެވެލްގައި ވަނީ ކުޅެފައެވެ. މިހާރުވެސް އޭގެން ބައެއް ކުދިން އެންމެ މަތީ ފަންތީގައި އަންނަނީ ކުޅެމުންނެވެ. ނަން ހިނގާ ބޮޑެތި ކުލަބު ތަކުގައި އެކުދިންގެ ނަން ވަނީ ރަން އަކުރުން ފަވާ ލެވިފައެވެ. މިއީ މި ފަހުގެ ތާރީހުގައި ދިވެހި ފުޓުބޯޅަ އޮތް ހާލަތެށް ނޫނެވެ. މީގެ އަހަރު ތަކެށް ކުރިން މި ހާލަތުގައި ރާއްޖޭގެ ފުޓުބޯޅަ އޮތް ނަމަވެސް މިހާރު ރާއްޖޭގެ ފުޓުބޯޅަ މިވަނީ އަރައިގަތުން އުނދަގޫ ފުން އަނދަވަޅަކަށް ވެއްޓިފައެވެ. މިކަމުގައި ޒިންމާ އުފުލަން ޖެހޭ އެތަށް ބަޔަކު ތިބޭނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެޢްގައި ހެން ބޮޑެތި ދަނޑުތަށް އަޅައިފިއެވެ. ބައެއް ރައްރަށުގައި ބައިނަލްއަގުވާމީ ފެންވަރުގެ ދަނޑުތައް ހަދައިފިއެވެ. އެހެންނަމަ ވެސް އަތޮޅު ތެރޭގައި ތިބި ހުނަރުވެރި ޒުވާނުންގެ މިންވަރަކީ ހަމައެކަނި ރަށުގައި ތިބެ ކޮންމެ ދުވަހަކު ހަވީރު ދަނޑަށް ގޮސް ކުޅެލުން ހެއްޔެވެ. ހަމަ އެކަނި މާލޭގައި ކުރިއަށް ގެންދާ ދިވެހި ލީގުގައި އެޒުވާނުންނަށް ބައިވެރި ވުމަށް އެންމެ އެދެވޭ ފުރުސަތުތަށް ހޯދައި ދިނުމުގައި އިހުމާލު ވަނީ ކޮންބައެއްތޯއެވެ. ފުޓުބޯޅައިގެ މައި އިދާރާ ދަރަނިން އަރައި ނުގަނެވިގެން އުޅޭއިރު، ޒުވާނުންގެ ވުޒާރާގެ ހަމައެކަނި ޒިންމާއަކީ ވަރު ވަރުން ދަނޑު އެޅުން ހެއްޔެވެ. މިއީ ޖަވާބު ބޭނުންވާ މުހިންމު ސުވާލު ތަކެކެވެ.

ހަމައެކަނި މާލޭގައި ބާއްވާ "ދިވެހި ލީގު"ގައި މީގެ ކުރިން އަތޮޅު ތަކުން ޓީމުތައް ބައިވެރިވެ ކުޅުނު މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. އެހެން ނަމަވެސް މިހާރު ފެނިގެން މިދަނީ ހަމަ އެކަނި މާލޭގައި ހަރަކާތްތެރިވާ ކުލަބު ތަކުން ލީގުގައި ކުޅޭ މަންޒަރެވެ. މީގެ ހަގީގަތަކީ ކޮބާ ހެއްޔެވެ. އެކަށީގެންވާ ބަޖެޓެއް ނުލިބި ކުލަބުތައް ބަނގުރޫޓްވާ މަންޒަރު ބަލަން ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ރައީސް ހަނު ހުންނެވުން ވެގެން މިދަނީ ރާއްޖޭގެ ފުޓުބޯޅައަށް ނުހަނު ބޮޑެތި ގެއްވުން ތަކެއް ލިބިގެންދާ ކަމަކަށެވެ. އެތަށް ކުލަބަކަށް ލިބެންޖެހޭ ފައިސާގެ އަދަދު މިލިއަނުން ކިޔަމުންދާއިރު، ގުޅުން ހުރި އެހެން އިދާރާ ތަކަށްވެސް ދޭން ޖެހޭ ފައިސާގެ އަދަދު ގުނަން ޖެހެނީ މިލިއަނުންނެވެ. މިއީ އިއްޔެ މެންދުރު ވެފައިވާ އިހުމާލެއް ނޫނެވެ. އެތަކެއް އަހަރު ތަކަކަށް ދެމިގެން ގޮސްފައިވާ މި އިހުމާލުގެ އެންމެ ނޭދެވޭ އަސަރު ކުރަމުން މިދަނީ ފުޓުބޯޅައަށް ލޯބި ކުރާ ދިވެހިންނަށެވެ.

ސަރަހައްދުގެ ބޮޑު ބާރެށްގެ ގޮތުގައި 2000ގެ ކުރީ ކޮޅު ރާއްޖޭ ފާހަގަ ކުރެވުނަސް 2018 ވަނަ އަހަރުގެ ފަހުން ރާއްޖެއަށް މިވަނީ ބައިނަލް އަގުވާމީ ބޮޑު މުބާރާތަކުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށް އުނދަގޫ ވެފައެވެ. އެންމެ އާދައިގެ ގައުމު ތަކުގެ ގޮތުގައި ކުރިން ފާހަގަވި ޓީމުގެ ތަކުގެ އަތް ދަށުވެ ރާއްޖޭގެ ނަން ސަރައްދީ ފެންވަރުގައި މިވަނީ ފަނޑުވާން ފަށާފައެވެ. އެދެވޭ އެންމެ ފުރިހަަމަ ތަމްރީނު ތަކަށް ހަރަދު ނުކުރެވި، އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް އެންމެ އެދެވޭ ފުރުސަތުތަށް ހޯދައި ދިނުމަށް މަސްއޫލުވެރި އިދާރާ މިވަނީ ނުކުޅެދިފައެވެ. މިއީ ރާއްޖޭގެ ފުޓުބޯޅައަށް ލިބިގެންދާ ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ.

ނުރައްކާ ބޮޑު މި މައްސަލަ ހައްލު ކުރުމަށް "ސޭވް އެފްއޭއެމް"ގެ ނަމުގައި ވަނީ ހަރަކާތެއްވެސް ފެށިގެން ގޮސްފައެވެ. މި ހަރަކާތުގެ މަސައްކަތްތައް ފެށުމާއި އެކު އެފްއޭއެމްގެ ރައީސްއަށް އަންނަން ފެށި ޕުރެޝާތަކުގެ މާބޮޑު އަސަރެށް ކުރާތަނެއް ފެނިގެން ނުދެއެވެ. ގޮތް ދޫ ކުރުމުގެ ރީތި އުސޫލުން އެއްކިބާވެ، ރާއްޖޭގެ ފުޓުބޯޅަ އަމިއްލަ މުށުތެރޭގައި ގެންގުޅުމުގެ ވިސްނުން ދޫނުކުރަނީ ކީއްވެ ހެއްޔެވެ. އަމިއްލަ މަންފާ އިސްކޮށް، ގައުމުގެ ނަން ކިލަބު ކޮށްލަން ބޭނުންވަނީ ކީއްވެ ހެއްޔެވެ. މިކަމުގައި އެފްއޭއެމް ހިންގުމާއި ހަވާލުވެ ހުރި ވެރިޔާ ޖަވާބު ދާރީ ކުރުވޭނެ ގޮތަކީ ކޮބާހެއްޔެވެ. ގިނަ ދިވެހިންގެ އާދޭހަށް ބީރު ކަންފަތެށް ނުދެއްވާ ގައުމުގެ ނަން ކިލަނބުވިޔަ ނުދީ އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވަންވީ ވަގުތު ނުޖެހެނީ ތޯއެވެ.

މިހާރު ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމް ތަކުގައި ބައްސާމްއާއި ޔޫތް މިނިސްޓަރ މަހުލޫފު ވަމުން އަންނަ އިހުމާލުތަކާއި ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ. އެހެން ނަމަވެސް ކަހާތަން ހިރުވާވެސް ނުލައެވެ. ވެއްޓެމުންދާ ފުން އަނދަވަޅުގެ ފުންމިން އެނގޭ ހާލު، އަޅާނުލާ ތިބުމަށް ފުރުސަތު ނުދެމާތޯއެވެ. މިއީ ގައުމީ ރޫހުގައި ހައްލުކުރަންޖެހޭ ބޮޑު މައްސަލައެކެވެ. ރައްފުށު ޒުވާނުންނަށް ހައްގު މިންވަރު މިހާރަށް ވުރެ ފުޅާކޮށް އިހުގައި އޮތް ފުޓުބޯޅައިގެ ލޯބި އަނބުރާ ގެންނަމާތޯއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޕަރީ

    އަހަރުމެން އާޢްމު ރައްޔިތުން. ދެން ކޮންބައެއްވަކި... ވެރިންނަށް ލާފަ ތިބީ ހުދުކާފޫރު.

    17
  2. ޕައްލަންބެ

    ފައިސާއާ ނުފޫޒުން މިގައުމުގާ ހުރިހާކަމެއް ދިއުމުގެ ނަތީޖާ ކޮންމެ ކަމެއްވެސް މިއަންނަނީ ސިޔާސީ މަގުން މަގާމަތަކައް ގެންނަ މީހުންގެ ފެންވަރެއް ތަޖުރިބާއެއް ބެލުމެއްނެއް ހުރިހާކަމެއް ވެސް މިދަނީ މިބީދާއިން ކުރިއައް އޮތްތަނުގާ މިކަންކަން ބަދަލުވެގެން ދާނެކަމައް އުންމީދް ކުރަން

    20
  3. ޣަނީބައި

    ފޮޓޯއިން ތިފެނަން ހުރި 2 މީހުން ނާއި އަލީ އުމަރު ޒިންމާ ނަގަން ޖެހޭނީ

    12
  4. ހުސޭނުބޭ

    ފޮޓޯގައި އެ ތިބީ ޒިންމާ ނަގަންޖެހޭ މީހުން

    14
  5. ބިންގޯ

    ފީފާގެ ރައީސް މޮޔަކޮއްލި މަމޮޅު މަހުލޫފު

  6. މުރާނާއަސސ

    ބައްސާމުގ ބަލާވެރިކަމުނ ދިވެހި ފުޓުބޯޅ ސަލާމަތ ކުރައްވާނދޭވެ

    20
    • އަލިކޮއި

      މަހުލޫފު... މަހުލޫފު މަހޫލޫފުއޭ..... ކަމެއް ރަނގަޅިއްޔާ މަހުލޫފް.... ގ÷ސްވެއްޖެނަމަ އެހެންމީހެއް މީތި ކަޑައޭ. ކަޑައޭ... ވަރަށް ކަޑައޭ....

  7. ހެހެހ

    ޒިންމާ ނަގަންޖެހޭނީ ސިޔާސީޕާޓީތައް ހަދާގެން އުޅޭ ބޮޑުން ، މާ ޤައުމުވެގެންނޭ ކިޔަނީ ، އެކަމަކު އމިއްލަ އަންބޮޑި ބޮޑުކުރަންވީމަ ޤާނޫނުތައްވެސް ހެދޭ ، ފައިސާވެސް ޗާޕްކުރެވޭ ، އެކަމަކު ފުޓްބޯޅަ ކުޅޭކަންވެސް އެމީހުންނަށް ނޭނގޭ ، ޚާއްސަކޮށް މަޖިލީސް މެމްބަރުންނާއި ކެނެރީގޭ ނަޝީދު

  8. މީހާ

    ކުޅުންތެރިންނޯ ޒިންމާނަގާނީ. އެއީ އެމީހުން ކުޅުނީމަ.. ކޮންމެކަމަކުންވެސް ކަޓު...

    5
    1
  9. މުޖުތަބާ

    ކޮންމެ މޮޅުކަމެއްގެ ކްރެޑިޓް ނަގަމުން އަންނަނީ އިބްރާހީމް މުހައްމަދު ޞާލިހް ނޫނީ މަޙުލޫފް. ދެރަކަމަކާ ޖެހުނީމަ ޒިންމާނަގާނެ މީހަކު ވޯޓުން ހޮވުނއ ކަޑަ... %150 ޔަގީންކަމެއް މަހުލޫފްކަން ނަގަން ޖެހޭނީ، ސަބަބަކީ އެފްއޭއެމް ހުންނާނީ އަދި ހުންނަން ޖެހޭނީ މި މީހުންގެ ދަށުގައިކަމަށްވާތީ.. އެހެންނޫނީ މަހައް ހަމައަގު ނުލިބުމުގެ ޒިންމާ އުފުލަން ޖެހޭނީ މިފްކޯގެ ކައްޓާ ކައިރީ އިންނަމީހާތަ..

  10. ރިއަލިޓީ

    ތި ބައްސާމް ހުރިހާ ލާރި ކެއުން ކަމަކީ...މަހްލޫފް ވެސް ހަމަ އެގޮތް