ޗެމްޕިއަންސް ލީގުގައި ރޭ ފެޔެނޫޑް އާއި ދެކޮޅަށް ކުޅުނު ވަރުގަދަ މެޗަށްފަހު އެތްލެޓިކޯ މެޑްރިޑް ގްރޫޕް އީގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޗެމްޕިއަންސް ލީގް ގްރޫޕް އީގެ ދެވަނަ ހަފްތާގެ މެޗުގައި އެތްލެޓިކޯ އަދި ފެޔެނޫޑް ބައްދަލްކުރި މެޗުން އެތްލެޓީކޯ މެޑްރިޑް ވަނީ 3-2 ގެ ނަތީޖާއަކުން މެޗް ކާމިޔާބު ކޮއްފައެވެ. އެތްލެޓިކޯ އަކީ ޗެމްޕިއަންސް ލީގުގައި އާ މޫނެއް ނޫން ނަމަވެސް އެތްލެޓިކޯ މެޑްރިޑަށް ޗެމްޕިއަންސް ލީގުގެ އަދި ތައްޓެއް ލިބިފައެއް ނުވެއެވެ.

ހަމައެއާއެކު ޗެމްޕިއަންސް ލީގް ފައިނަލުގައި ތިން ފަހަރު ކުޅެ އެ ތަށި ކާމިޔާބު ނުކުރެވި އޮތް ޓީމަކީވެސް ހަމަ އެކަނި އެތްލެތިކޯއެވެ. ޑަޗް ފުޓުބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދައި ޑަޗް ފުޓްބޯޅައިގައި 15 އެރެޑިވިސީ ލީގުގެ 15 ތަށި ވަނީ ފެޔެނޫޑް ކާމިޔާބު ކޮއްފައެވެ. އަދި ހަމައެއާއެކު ފެޔެނޫޑުން ވަނީ 1970 ވަނަ އަހަރު ބޭއްވުނު ޗެމްޕިއަންސް ލީގް ކާމިިޔާބު ކޮއްފައެވެ.

މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ފެށި، މެޗުގެ 7 ވަނަ މިނެޓުގައި އެތްލެޓިކޯއަށް ފަހަތުގައި ހެދުނު ގޯހަކުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. ނަމަވެސް މެޗްގެ އޮއެވަރު ގެއްލުނަ ނުދީ އެތްލެޓިކޯއިން ވަނީ މެޗްގެ 12 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗްގެ ސްކޯ އެއްވަރު ކޮއްފައެވެ.

މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީީ ސްޕެއިންގެ ފޯވާާރޑް އުމުރުން 30 އަހަރުގެ އަލްވާރޯ މޮރާޓާއެވެ. މޮރާޓާ ވަނީ ޗެމްޕިއަންސް ލީގް މީގެ ކުރިން ދެ ބުރަށް ރެއަލް މެޑްރިޑާއެކު ކާމިޔާބު ކޮއްފައެވެ.

މެޗްގެ 34 ވަނަ މިނެޓުގައި ފެޔެނޫޑުން ވަނީ ލީޑް ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮއްދީފައިވަނީ ސްލޮވޭކިޔާގެ އުމުރުން 25 އަހަރުގެ ޑިފެންޑަރު ޑޭވިޑް ހަންކޮއެވެ. މި ލަނޑާއެކު އެތްލެޓިކޯއިން ވަނީ ފެޔެނޫޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އެތްލެޓިކޯއަށް ލިބުނު ފުރުސަތަކުން ވަނީ ލަނޑެއް ކާމިޔާބު ކޮއްފައެވެ. މި ލަނޑު އެތްލެޓިކޯއަށް ކާމިޔާބު ކޮއްދީފައިވަނީ ފްރާންސްގެ ތަރި އުމުރުން 32 އަހަރުގެ އަންޓޮއިން ގްރީޒްމަނެވެ. މެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ.

އެތްލެޓިކޯ އަދި ފެޔެނޫޑްގެ ކުޅުން ތެރިން/ ގެޓީ އިމޭޖަސް

މެޗްގެ ދެވަނަ ހާފްގެ ކުޅުން ފެށުނުތަނާ އެތްލެޓިކޯއިން ވަނީ ތިން ވަނަ ލަނޑު ކާމިޔާބު ކޮއްފައެވެ. މި ލަނޑު ކާމިޔާބު ކޮއްދީފައިވަނީ މޮރާޓާއެވެ. މި ލަނޑާއެކު ޗެމްޕިއަންސް ލީގް މި ސީސަނުގައި މިހާ ހިސާބަށް މޮރާޓާ ވަނީ އެތްލެޓިކޯ މެޑްރިޑަށް ދެ ލަނޑު ކާމިޔާބު ކޮއްދީފައެވެ.

މެޗު 3-2 ގެ ނަތީޖާއަކުން ނިމުމާއި އެކީ ހަތަރު ޕޮއިންޓާއި އެކީ އެތްލެޓިކޯ ވަނީ ތާވަލުގެ އެއްވަނަ އަށް ޖެހިލާފައެވެ.

އެތްލެޓިކޯ ޗެމްޕިއަންސް ލީގުގައި ދެން ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 26 ވަނަ ދުވަހު ސެލްޓިކްއާއި ދެކޮޅަށެވެ.