އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތުގައި ދިރާގުން އަފީފުއްދީން (އެސްއާރުސީ) ކޮޅަށް 8 ގޯލު ޖަހައި ބޮޑު މޮޅެއް ހޯދައިފިއެވެ.

މި މެޗުގައި ދިރާގުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. މެޗުގައި އެސްއާރުސީއަށް ދިރާރުގެ ހަލުވި ކުޅުންތެރި ހުއްޓުވުމަށް ފަސޭހައެއް ނުވިއެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްސެލް ކުޅޭ ކުޅުންތެރިން ހިމެނޭ ދިރާގުން ވަނީ މެޗުގެ ކޮންމެ ހާފެއްގައި 4 ގޯލު ޖަހާފައެެވެ.

މިމެޗުގައި ދިރާގުގެ ހުނަވެރި ކުޅުންތެރިޔާ ރިމާހު ވަނީ 4 ގޯލު ކަމިޔާބު ކޮށްދީފައެވެ. މިމެޗުގައި ދިރާގަށް ދެން ޖެހި 4 ގޯލު ކާމިޔާބު ކޮށްދިނީ މުހައްމަދު ޝަނީޒާއި، މުހައްމަދު ރިފާއު، އީގާން އަބްދުލް މަޖީދު އަދި އަބްދުލް ހަންނަނާން މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް ރިމާހުއެވެ.

މިމެޗުގައި އެސްއާރުސީގެ ދެ ކުޅުންތެރިންނަށާއި، ދިރާގުގެ ކުޅުންތެރިއަކަށް ވަނީ ރީދޫ ކާޑު ދައްކާފައެވެ. މުޅި މެޗުވެސް ޑޮމިނޭޓްކޮށް ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ދިރާގުންނެވެ.

މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.

ކިޔުންތެރިންގެ ހިޔާލު