އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތުގައި އެމްއެންޑީއެފް އެންއޭސީން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ.

ކޭސީސީއާރުސީ އާއި ދެކޮޅަށް ކުޅުނު މިމެޗު އެމްއެންޑީއެފުން ކާމިޔާބު ކުރީ ފަސޭހަ ކަމާއިކު 4 - 1 އިންނެވެ. މިމެޗުގައި ދެޓީމުގެ ފަރާތުންވެސް މިމެޗުގައި ބަލަހިތްވާ ރީތި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.

މިމެޗުގައި އެމްއެންޑީއެފްއަށް ތައުމީން ނޫހު ވަނީ ދެ ގޯލް ކާމިޔާބު ކޮށްދީފައެވެ. އަނެއް ދެގޯލް ޖެހީ ހުސެއިން ހާފިޒާއި، އަހުމަދު އަލީއެވެ. ކޭސީސީއާރުސީގެ ހަމަ އެކަނި ގޯލް ޖެހީ މުހައްމަދު ސައުދެވެ. މިމެޗުގައި އެމްއެންޑީއެފްގެ މުހައްމަދު ޝިފާއު އާއި ހުސެއިން ހާފިޒަށް ވަނީ ރީދޫ ކާޑު ދައްކާފައެވެ.

މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.

ކިޔުންތެރިންގެ ހިޔާލު