އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތުގައި ވަރުގަދަ ދިރާގު ބަލިކޮށް އެމްއެންޑީއެފްއިން ކުއާޓާގެ ޖާގަ ޔަގީންކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު އެމްއެންޑީއެފުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދިރާގުގެ ހުނަރުވެރި ކުޅުންތެރި ހުއްޓުވުމަށް އެމްއެންޑީއެފުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާ ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ އެންމެ ފަހު ކަށިގަނޑުގެ އަޑާއި ހަމައަށްވެސް ދެޓީމުގެ ސަޕޯޓަރުންނަށްވެސް ޖެހުނީ ނޭވާ ހިފަހައްޓާލައިގެން ތިބޭށެވެ.

ފުލުފުލުގައި ދެޓީމުންވެސް ހަމަލާތައް ގޯލަށް އަމާޒު ކޮށްފައިވާއިރު މެޗުގެ ތަފާތަކަށްވީ އެމްއެންޑީއެފްއަށް މިމެޗުގައ ކާމިޔާބުކޮށްދިން ދެގޯލުވެސް ޖެހި ތަހުމީމް ނޫހެވެ. އޭނާ ވަނީ މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.

އެމްއެންޑީއެފްއިން މިމެޗު ކާމިޔާބު ކުރިއިރު އެޓީމުކުޅުނު ފުރަތަމަ މެޗު ވަނީ ކޭސީސީއާރުސީ 4-1 އިން ބަލިކޮށްފައެވެ. ދިރާގު ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ.

މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.

ކިޔުންތެރިންގެ ހިޔާލު