ޕްރިމިއާ ލީގުގައި ބްރެންޓްފޯޑުން ވެސްޓްހަމް ޔުނައިޓެޑް ރޭ ބަލިކޮށްފިއެވެ.

ބްރެންޓްފޯޑް ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 3-2 ގެ ނަތީޖާއަކުން ބްރެންޓްފޯޑް ކާމިޔާބުކޮށްގެންނެވެ. ބްރެންޓްފޯޑާއި ވެސްޓް ހޭމަށް އަދި ޕްރިމިއާ ލީގް ކާމިޔާބުކުރެވިފައެއްނުވެއެވެ. ނަމަވެސް ވެސްޓްހޭމުން ވަނީ އެފްއޭ ކަޕް ތިން ފަހަރު މަތިން ކާމިޔާބުކޮށްފައެވެ. އެއީ 1964، 1975، އަދި 1980 ގައެވެ.

މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުން ވެސް ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައެވެ. ނަމަވެސް މެޗްގެ 11 ވަނަ މިނެޓުގައި ވެސްޓްހޭމުން ހެދުނު ގޯހަކުން ބްރެންޓްފޯޑުން ވަނީ މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ފްރާންސްގެ ފޯވާޑް އުމުރުން 27 އަހަރުގެ ނީލް މައުޕޭއެވެ. މީ މައުޕޭ މި ސީޒަނުގައި ޖެހި ފުރަތަމަ ލަނޑެވެ. މައުޕޭގެ އެންމެ ރަނގަޅު ކުޅުން އަދި މި ސީޒަންގައި ފެނިގެން ނުދެއެވެ.

މެޗްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ލަނޑު ޖެހިތާ އަށް މިނެޓު ފަހުންނެވެ. މި ލަނޑު ކާމިޔާބުކޮށްފައި ވަނީ ވެސްޓް ހޭމުންނެވެ. މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ އުމުރުން 23 އަހަރުގެ ގާނާއައް އުފަން މޮހައްމަދް ކުދުސްއެވެ. މީ ކުދުސް މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޖެހި ދެ ވަނަ ލަނޑެވެ. މި ލަނޑާއެކު ކުދުސް ވަނީ ވެސްޓް ހޭމައް ކުޅުނު 13 މެޗުން ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފްގެ 26 ވަނަ މިނެޓުގައި ވެސްޓް ހޭމުން ވަނީ ލީޑް ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ އިނގިރޭސި ވިލާތިގެ އުމުރުން 26 އަހަރުގެ ޖެރޮޑް ބޮވެންއެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 2-1 ގެ ނަތީޖާއިން ވެސްޓް ހޭމުން ކުރީގައި އޮވެގެނެވެ.

ދެވަނަ ހާފްގެ ކުޅުން ފެށުނުތާ 10 މިނެޓު ފަހުން ވެސްޓް ހޭމުން ވަނީ ފަހަތުގައި ހެދުނު ގޯހަކުން ބައިކޮޅައް ލަނޑެއް ވަދެފައެވެ. މި ލަނޑާއެކު ބްރެންޓްފޯޑުން އެމީހުންގެ ހަމަލާތައް އިތުރުކުރަމުންދިޔައެވެ. ނަމަވެސް ވެސްޓް ހޭމުން ދިޔައީ ވަރަށް ހުޝިޔާރުކަމާއެކު ހަމަލާތައް ދިފާއުކުރަމުންނެވެ. މެޗުގެ ފަހު ލަނޑު ފެނިގެންދިޔައީ މެޗްގެ 69 ވަނަ މިނެޓުގައި އުމުރުން 22 އަހަރުގެ ބްރެންޓްފޯޑުގެ ކުޅުންތެރިޔާ ނެތަން ކޮލިންސްގެ ފަރާތުންނެވެ. މުޅި މެޗުގައި އެންމެ ގިނަ ޕާސް ދިން ކުޅުންތެރިއަކީވެސް ކޮލިންސްއެވެ. މެޗް ނިމިގެންދިޔައީ 3-2 ގެ ނަތީޖާއިން ބްރެންޓްފޯޑުން ވެސްޓް ހޭމްގެ މައްޗައް ކުރި ހޯދައިގެންނެވެ.

ބްރެންޓްފޯޑާއި ވެސްޓް ހޭމް ބައްދަލްކުރި މެޗްގެ މޮޅުކުޅުންތެރިޔާ ގާނާއައް އުފަން މޮހައްމަދް ކުދުސް/ ގެޓީ އިމޭޖަސް

މެޗްގެ މޮޅުކުޅުންތެރިއަކައް ހޮވިފައިވަނީ ވެސްޓް ހޭމްގެ ކުދުސްއެވެ.

ޕްރިމިއާ ލީގުގައި ވެސްޓްހަމް އިން ދެން ނުކުންނާނީ އަންނަ އާދިއްތަ ދުވަހު ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށެވެ. އަދި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑުން ދެން ނުކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ.

 

ކިޔުންތެރިންގެ ހިޔާލު