ޕްރިމިއާ ލީގުގައި ބްރައިޓަން އަދި އެވަޓަން ބައްދަލު ކުރި މެޗު 1-1 އިން އެއްވަރުވެ، ދެ ޓީމު ވެސް ޕޮއިންޓަކުން ފުއްދާލައިފިއެވެ.

މި މެޗާއެކު ބްރިރައިޓަން ލީގުގެ ހަތް ވަނައިން ޖާގަ ހޯދައިފައި ވާއިރު އެވަޓަން އިން ވަނީ ލީގުގެ 15 ވަނަ އިން ޖާގަ ހޯދައިފައެވެ. ބްރައިޓަން ކުޅުނު 11 މެޗުން 18 ޕޮއިންޓް ލިބިފައިވާ އިރު، އެވަޓަން އަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ.

ބްރައިޓަންގެ ކުޅުން ފުރަތަމަ ފެނިގެން ދިޔައީ ސަދާން ލީގުގައެވެ. މި ޓީމް ފުޓްބޯޅަ ލީގަށް ހޮވިގެން ދިއައީ 1920 ވަނަ އަހަރުގައެވެ. މިއާއިއެކު 1978 ވަނަ އަހަރުގައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، އީއެފްއެލް ޗެމްޕިއަންޝިޕުން ޕްރެމިއާ ލީގަށް ޕްރޮމޯޓްވެފައި ވަނީ 2016 ވަނަ އަހަރުގައެވެ.

އެވެޓަންއަކީ ފުޓްބޯޅަ ލީގުގެ ފައުންޑިން މެމްބަރުންގެ ތެތޭގައި ހިމެނޭ ކްލަބެކެވެ. މިގޮތުން މިކްލަބުން ވަނީ ނުވަ ލީގް ޓައިޓަލް، ފަސް އެފްއޭ ކަޕް، ނުވަ ޗެރިޓީ ޝީލްޑް އަދި އެއް ޔޫރަޕިއަން ވިނާސް ކަޕް ހޯދައިފައެވެ. އެވަޓަނުން ޕްރިމިއާ ލީގުގައި ބައިވެރިވެފައިވަނީ 1992 ވަނަ އަހަރުގައެވެ.

މެޗްގެ ފުރަތަމަ ހާފުގައި ދެޓީމުން ވެސް ގިނަ ހަމަލާތަކެއް ގޯލަށް އަމާޒުކޮށްފައިވެއެވެ. މިގޮތުން އެވެޓަންއިން ހަ ހަމަލާއެއް އުފައްދާފައިވާއިރު، މެޗްގެ ހަތް ވަނަ މިނެޓުގައި ޔުކްރެއިން ގެ އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ވިޓާލީ މައިކޮލެންކޯ ވަނީ މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްފައެވެ.

ބްރައިޓަންއިން ހަތަރު ހަމަލާއެއް އުފައްދާފައިވާ އިރު،، މެޗްގެ 14 ވަނަ މިނެޓުގައި އިންގްލޭންޑް ގެ އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ލުއިސް ޑަންކް ވަނީ ގޯލެއް ޖަހައިފައެވެ. ނަމަވެސް ރެފްރީން ވަނީ މިގޯލް އޮފްސައިޑް ކަމަށް ނިންމައިފައެވެ. މިއާއެކު މެޗް ގެ ފުރަތަމަ ހާފް ނިމިގެން ދިއައީ 1-0 ގެ ނަތީޖާ އަކުން އެވެޓަން ކުރި ހޯދައިގެންނެވެ.

މެޗްގެ ދެވަނަ ހާފް ފެށިގެން ދިޔައީ ބްރައިޓަންގެ ފަރާތުން ކުޑަ ބަދަލަކާއެކުއެވެ. މިގޮތުން އެޑަމް ލަލްލަނާ ދަނޑައް އެރުވިއެވެ. ފުރަތަމަ ހާފެކޭ އެއަފަދައިން ދެވަނަ ހާފުގައިވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ. މިގޮތުން ބްރައިޓަންގެ ފަރާތުން ތިން ހަމަލާއެއް ފެނިގެންދިޔައިރު އެވެޓަންގެ ފަރާތުން ހަތަރު ހަމަލާއެއް ފެނިގެންދިޔައެވެ.

މެޗްގެ 84 ވަނަ މިނެޓުގައި އެވެޓަންގެ ކުޅުންތެރިޔާ އޭޝްލީ ޔަންގް ބައި ކޮޅަށް ޖެހި ގޯލާ އެކު ދެ ޓީމުގެ ނަތީޖާ ވަނީ ހަމަހަމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު