ކުޅުންތެރިން ސްކޮޑް ލައިނަޕްގައި ނުހިމެނުމުން އަންނަންވީ ރުޅިކަމަށް މެންޗެސްޓާ ސިޓީގެ ޗޯކް ބުނެފިއެވެ.

ޕެޕް ގުއާޑިއޯލާ އުންމީދު ކުރާ ގޮތަށް ކުޅުންތެރިން މެޗްތަކުގައި ބައިވެރި ނުކުރުމުން ރުޅި އައުމުގެ މިސާލެއް މި ހަފްތާ ބަންދުގައި ޖެރެމީ ޑޯކޫ ވަނީ ދައްކާފައެވެ. މެންޗެސްޓާ ސިޓީން ބޯންމައުތު އަތުން 6-1 އިން މޮޅުވެ ޕްރިމިއާ ލީގުގެ އެއްވަނައަށް އެނބުރި އައި މެޗުގައި ޑޯކޫ ވަނީ މެޗުގައި 1 ލަނޑާއި 4 އެސިސްޓް ކާމިޔާބުކޮއްފައެވެ. ހަމައެއާއެކު ޑޯކޫ މި ސީޒަނުގައި ވަނީ 2 ލަނޑާއި 5 އެސިސްޓް ކާމިޔާބުކޮއްފައެވެ.

ޖެރެމީ ޑޮކޫ އެންމެ ފަހު މެޗްގައި ލަނޑު ޖަހައި އުފާ ފާޅުކުރަނީ/ ގެޓީ އިމޭޖަސް

ހަމައެއާއެކު މިދިޔަ ހަފްތާގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ޑާބީގައި މޮޅުވި މެޗުގައި ޑޯކޫއައް ވުރެއް ޖެކް ގްރެލިޝް އަށް އިސްކަންދިނުމަށް ފަހު، ކޯޗު ގާޑިއޯލާ މިހާރު ބޭނުންވަނީ އިންގްލެންޑް މިޑްފީލްޑަރު އަނެއްކާވެސް އެނބުރި ކުޅުމަށް ގެންނާށެވެ.

“އަހަރެން ބޭނުންވަނީ ޖެކް ރުޅި އަންނަން އަދި އަހަރެން ބޭނުންވަނީ އޭނާ ރަނގަޅަށް ކުޅެން، ހަމައެއާއެކު ޑޯކޫ ރުޅި އަންނަންވީ އޭނާ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ނުކުޅެވޭތީ. މިއީ އެ ފެންވަރުގައި އެއްގޮތްކަން ދެމެހެއްޓޭނެ ގޮތް.” ޑޯކޫ މިދިޔަ މެޗުގައި ދެއްކި ކުޅުމައް އިޝާރާތް ކޮށް ގުއާޑިއޯލާ މެޗް ޕްރެސްގައި ބުންޏެވެ.

އަނިޔާގެ ސަބަބުން ކުޅުމުން ބޭރުގައި ހުރި ޖެކް ގްރީލިޝް/ ގެޓީ އިމޭޖަސް

އަނިޔާގެ ސަބަބުން މަހެއްހާ ދުވަހު ނުކުޅެ ހުރެ ކުޅެން ނުކުތުމަށްފަހު ގްރީލިޝް އަށް ސީޒަނުގެ ފެށުން މާޔޫސްކަމާއެކު ކުރިއަށް ދިޔަ ނަމަވެސް ގާޑިއޯލާއަށް އޭނާ އަލުން އެންމެ ރަނގަޅު ކުޅުމަކަށް އަންނާނެ ކަމާމެދު ޝައްކެއް ނެތެވެ. ގްރީލިޝް ވަނީ މިދިޔަ ސީޒަނުގައި ޕްރެމިއާ ލީގުގައި ކުޅުނު 23 މެޗުން 5 ލަނޑާއި 7 އެސިސްޓް ކާމިޔާބުކޮއްފައެވެ.

ޗެމްޕިއަންސް ލީގުގައި މި ހަފްތާ އަންގާރަ ދުވަހު ޔަންގް ބޯއީސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސިޓީން ފޯވާޑް އެރްލިންގް ހާލަންޑްގެ ފިޓްނަސް ޗެކްކުރާނެ ކަމަށް ގާޑިއޯލާ ބުންޔެވެ. ހަމައެއާއެކު ހޮނިހިރު ދުވަހުގެ ފުރަތަމަ ހާފުގައި ނޯވޭގެ ކުޅުންތެރިޔާ މެޗުން ބޭލީ ފައިގެ ކަކުލުގައި ރިއްސާތީ އެވެ.

މެންޗެސްޓާ ސިޓީގެ ފޯވާރޑް އާލިންގ ހާލެންޑް/ ސްކައި ސްޕޯޓްސް

މެންޗެސްޓާ ސިޓީ އޮތީ 11 މެޗުން 27 ޕޮއިންޓާއެކު ޕްރެމިއާ ލީގް ޓޭބަލްގެ އެއްވަނައިގައެވެ. ހަމައެއާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗުން ވެސް މޮޅުވެ، ގްރޫޕްގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ހަަމަޖެހިލައިގެންނެވެ.