ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން 2 ގެ ފައިނަލުގައި ނ. ކެނދިކޮޅުދޫ ބަލިކޮށް ޒޯނުގެ ޗެމްޕިއަންކަން ރ. ދުވާފަރު ހޯދައިފިއެވެ.

ރެހެންދި ފުޓްސަލް ގުރައުންޑު 2 ގައި މިރޭ 22:00 ގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގީ ދުވާފަރުންނެވެ. ދުވާފަރުގެ އިސްމާއިލް އީސް ފޮނުވާލި ބޯޅަ ގޮށް ކެނދިކޮޅުދޫގެ އައްޒާމިގެ ފައިގައި ޖެހިފައި ގޯލަށް ވަނީ ބައިކޮޅަށެވެ. މެޗުހެ ފުރަތަމަ ހާފް ނިމުނީ މި ނަތީޖާގައެވެ.

ދެވަނަ ހާފު ފެށިގެން ފަސް މިނެޓު ތެރޭ ދުވާފަރުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ދުވާފަރުގެ އިލްޔަސައު އެވެ. މިއީ ދުވާފަރުގެ ޝާންޓޭ އަރިމަތިން ޖެއްސި ޕާހަކުން އޭނާ އޭރިޔާ ތެރޭ ހުރެ ކާމިޔާބު ކުރި ލަނޑެކެވެ.

ދުވާފަރުން ދެވަނަ ގޯލު ޖެހިތާ މިނެޓެއް ތެރޭ ކެނދިކޮޅުދޫން ވަނީ ގޯލެއް ޖަހާ މެޗުގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ އައްޒާމުއެވެ. ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ ކުޅުންތެރިއަކަށް ޖައްސާލުމަށްފަހު ދުވެފައި ގޮސް އަލުން ބޯޅަ ހޯދާ ގޮނުވާލި ހަމަލާ އަމާޒުވީ ސީދާ ގޯލާއެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ދުވާފަރުގެ އީސަ ވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ މެޗުހެ ލީޑު ފުޅާ ކޮށްދީފައެވެ. މި ލަނޑަކީ މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާއެވެ.

ޒޯން 2 ގެ އެންމެ ގިނަ ގޯލު ދެކުޅުންތެރިޔަކު ވަނީ އެއްވަރަށް ކާމިޔާބު ކޮށްފައެވެ. އެއިީ ނ. ކެނދިކޮޅިފީގެ އައްޒާމު އާއި ދިވާފަރުގެ އިޝާމް އެވެ. އަދި މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރ. ދުވާފަރު ޓީމުގެ ކެޕްޓަން ޝާންޓޭއެވެ.

ކިޔުންތެރިންގެ ހިޔާލު