އައްޑޫސިޓީ ހިތަދޫގައި "ސްޕްރިންޓް ޓީމް" އޭ ބުނުމުން ނޭނގޭ ބަޔަކު ވަރަށް މަދުވާނެއެވެ. ހާއްސަކޮށް ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއީ ކޮން ގްރޫޕެއްކަން އެނގޭނެއެވެ. ކުޅެލާނެ ދަނޑެއް ނެތި، އެކި ފަރާތްތަކުގެ ކައިރީގައި ޓީމުގެ ކުޅުންތެރިން ކުޅޭނެ ދަނޑެއް އަޅައިދިނުމަށް އެތައް ފަހަރެއްގެ މަތިން ވަނީ އާދޭސް ކޮށްފައެވެ. ގާތްގަނޑަކަށް 10 އަހަރުގެ އާދޭހަކަށްފަހު، މިދިޔަ އަހަރު ފަހުކޮޅު ހަދަން ފެށިފައެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގެ ދެކުނުން އޮންނަ ހުސް ބިމުގައި ސްޕްރިންޓުގެ ކުޅުންތެރިންނަށް ދަނޑެއް އަޅައި ދިނުމަށް އައްޑޫސިޓީ ކައުންސިލުން ފެށި މަސައްކަތާއި އެކީ ޓީމުގެ ކުޅުންތެރިންނަށް ވަނީ އުންމީދުގެ ހުޅުކޮޅު ރޯވެފައެވެ. ދިގު އިންތިޒާރަކަށްފަހު، އުންމީދުތައް ހަގީގަތަކަށްވާ

ސްޕްރިންޓް ދަނޑު

މަސައްކަތް ހިނގަމުންދާ ގޮތް ވަރަށް ގާތުން ބަލަމުންނެވެ.

އެހާ ފޮނި އުންމީދުތަކަކާއި އެކީ ތިބި ކުޅުންތެރިންނަށް މިއަދު ލިބުނީ ހިތްދަތި ހަބަރެކެވެ. ފެނުނީ ކެތްކުރަން ދަތި މަންޒަރެކެވެ. ދަނޑުގެ އެންމެ ބޮޑު މަސައްކަތް ނިންމައި، އެންމެ މުހިންމު މަސައްކަތް ކަމަށްވާ "ޓާފް" އެޅުމަށް ތައްޔާރުވެ، ޓާފް ދަނޑަށް ގެންދިޔައިރު، ގެންގޮސްފައިވަނީ "ބާވެފައިވާ" ޓާފް ތަކެކެވެ.

 

ސްޕްރިންޓުގެ ކުޅުންތެރިއަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ، ދިގު އިންތިޒާރަކަށްފަހު ވެސް ދަނޑުގެ މަސައްކަތް ހަލުވި ސްޕީޑުގައި ކުރިއަށްދާތީ ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ވެސް ފޮނި އުންމީދެއްގައި ކަމަށާއި އެހެން ނަމަވެސް މިއަދު ފެނިގެން ދިޔަ މަންޒަރުން ކުޅުންތެރިން ތިބީ ވަރަށް ވެސް މާޔޫސްވެފައި ކަމަށެވެ.

"ވަރަށް އުފަލުން އަސްލު ކުޅުންތެރިން ތިބީ. ކޮންމެ ދުވަހަކު ދަނޑުގެ މަސައްކަތް ދާ ގޮތް ބަލާލަން ވަކި ބަޔަކު ދާނެ. ދަނޑު ނުފެންނަ މީހުންނަށް މައުލޫމާތު ދޭން ކުޅުންތެރިން ތިބޭ ގްރޫޕަށް ވެސް އަޕްޑޭޓް ދޭނެ. މިއަދު ދަނޑަށް ދިޔައިރު، މި ފެނުނީ އެތަނުގައި އަޅަން ގެންދިޔަ ޓާފުގެ ހާލަތު"

އޭނާ ބުނި ގޮތުގައި އެދަނޑުގައި އަޅަން ގެންދިޔަ ޓާފް އަކީ މީގެ ކުރިން އެހެން ދަނޑެއްގައި އަޅާފައިވާ ޓާފެވެ. އެޓާފްގެ އެކި ސަރަހައްދުތަކުގައި ބާގަނޑުތައް ހެދިފައިވާއިރު، ވަރަށް ބޮޑަށް ތާފްގަނޑު ހަލާކުވެފައިވާކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ޓާފްގެ ހާލަތު ކިޔައިދެމުން އޭނާ ބުނީ، މިއީ ދިގު އިންތިޒާރަކަށްފަހު، ޓީމުގެ ކުޅުންތެރިންނަށް ހައްގު މިންވަރެއް ނޫން ކަމަށާއި ކުޅުންތެރިންނަށް "ހަސްނެތިފައި" ހުރި ޓާފް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ.

"އެތަނުގައި އަޅަން މިދިނީ ކަސަބާ ދަނޑުގައި އަޅާފައި އޮތް ޓާފް. ކޮންޓްރެކްޓަރު ވެސް ބުނަނީ އެއީ ކައުންސިލުން އެތަނުގައި އަޅަން ދިން ޓާފް ކަމަށް. ކައުންސިލުން ވެސް މި ބުނަނީ އެދަނޑުގައި އަޅާނީ އެޓާފް ކަމަށް"

މިކަމާއި ގުޅިގެން ސްޕްރިންޓުގެ ކުޅުންތެރިންނާއި އާންމުންގެ އެތަކެއް ބަޔަކު މީސްމީޑިއާގައި ނުރުހުން ފާޅު ކުރަމުން އަންނައިރު، އައްޑޫސިޓީ މޭޔަރު، އަލީ ނިޒާރު "ވަގުތު" އަށް ވިދާޅުވީ، ބަޖެޓުގެ ދަތިކަން ހުރުމުން މިނިސްޓްރީން ވެސް އެއްބަސްވެފައިވަނީ ޓާފް ހުރުމުން ސްޕްރިންޓް ދަނޑުގައި އެ ޓާފް އެޅުމަށް ކަމަށެވެ.

ސްޕްރިންޓް ދަނޑުގައި އަޅަން ގެންދިޔަ ޓާފް

ނިޒާރު ވިދާޅުވި ގޮތުގައި ވެސް އެ ޓާފަކީ އެއީ ކަސަބާ ދަނޑުގައި އަޅަން ގެންގޮސްފައިވާ ޓާފެވެ. ނަމަވެސް އެ ޓާފަކީ އެއީ އެއްވެސް ގޮތަކަށް ބޭނުން ނުކޮށް ހުރި ޓާފް ކަމަށާއި އެ ޓާފްގެ ބައެއް ތަންތަންކޮޅު ހަލާކުވެފައިވަނީ އެދަނޑުގައި ނާޅާ "އުކާލާފަ" ހުރުމުން ކަމަށް ނިޒާރު ވިދާޅުވިއެވެ.

"އެ ދަނޑަށް ގެންދިޔަ ގޮތަށް ހިޔާނުކޮށް އެ ޓާފް ހުރީ. ކައުންސިލްގެ ބެލުމުގެ ދަށުގައި ނޫން އޭރު ހުރީ. ފަހުން ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައީ. ތާފް ބޭރުން ފެންނަން އޮތީ ރަނގަޅަށް، ބޮޑު ރޯލުތައް ވީމަ އެތެރެ އޮންނާނީ ރަނގަޅަށް" ނިޒާރު ވިދާޅުވިއެވެ.

"ޓާފްއަކީ ޓާފް. ކުޅޭއިރު ވެސް ހަލާކު ވާނެ. ބައިބައި ހަލާކުވެފަ އިނިއްޔާ ނަގާފަ އަޅާނެ" ނިޒާރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތަރަ

    އެމްޑީޕީ ބަޔަކަށް ކަމެއް ހަވާލުކޮށްގެން ވާނީ މިވަރު. ރައީސް ކަމާއި މަޖިލިސް އެމީހުނަށް ދިނީމަ ގައުމުގެ ބައިތުލްމާލުންވެސް އެވަނީ ފޫގޮސްފައި

    20
    1
  2. ކައުންސިލަރ

    މި ޓާފް ހުރީ ރަގަޅަށް. ކުދިކުދި ޑެމޭޖް ހުރިނަމަވެސް ކުޅުމަށް އުދަނގޫވާނެ ފަދަ ގެއްލުމެއް ޓާފްގައި ނެތް. ތިބުނާހާ ހާލަތު ދަށްކޮށް ހުރި ޓާފްއެއް ނޫން އެއީ.

    9
    2
  3. ްްްއިސްތަސި

    ބަލާ ނުނީ ނިޒާރު

  4. ޖެރާޑް

    އެއްޗެއް ދިނަސް ހެޔޮގޮތެއް ނޯންނާނެ ދިވެހިންނަކަށް

    3
    1
  5. Anonymous

    މިދިނީމަ ނިޒާރު ސަރުކާރަށް ތައުރީފްކުރީ

  6. ޔަވްމިއްޔާ

    މި ޓާފް ގެނައީ މިސަރުކާރުންފް ތޯ؟